ޕޮލިސް އިންސްޕެކްޓަރ އަތޮޅުތެރެއަށް

IMG_20170207_111421.jpg

ބ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އަބްދުﷲ ހަލީލް މިދިޔަ ހަފްތާތެރޭގައި ބ. ކިހާދުއަށް ކުރި ދަތުރުގެ ތެރެއިން / ފޮޓޯ: އީވީ ޓީމް

މޯލްޑިވްސް ޕޮލިސް ބ. އަތޮޅު ކޮމާންޑަރ ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަބްދުﷲ ހަލީލް މަގާމާ ހަވާލުވުމަށްފަހު، އަތޮޅުގެ ރަށްރަށުގެ ހާލަތުބެލުމަށް އަތޮޅުތެރެއަށް ދަތުރެއް ފައްޓަވައިފިއެވެ.

އަބްދުﷲ ހަލީލް ބ. އަތޮޅު ކޮމާންޑަރަކަށް ހަމަޖެއްސެވީ މިދިޔަ މަހުގެތެރޭގައެވެ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ އަތޮޅުގެ ރަށްރަށުގެ ހާލަތު ބެލުމަށާ، މުވައްސަސާތަކުގެ ވެރިންނާ މަޝްވަރާކުރުމަށް އަބްދުﷲ ހަލީލު ފައްޓަވާފައިވާ ދަތުރުގައި މިހާތަނަށް އަތޮޅުގެ ތުޅާދޫ، ކަމަދޫ، ކިހާދޫ، އަދި ދޮންފަނަށް ޒިޔާރަތްކޮށްފައިވާކަމަށެވެ.

މިދަތުރުގެ ތެރެއިން އަތޮޅުގެ ރަށްރަށުގެ ކުށުގެ މައުލޫމާތުތަކާމެދު ރަށްރަށުގެ ކަމާބެހޭ މުވައްސަސާތަކާ ވާހަކަދެކެވި، އެއްބާރުލުން ހޯދުމާބެހޭގޮތުން މަޝްވަރާކުރެވޭކަމަށްވެސް އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނެއެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ ކުރިޔަށް އޮތް ހަފްތާތެރޭގައި އަތޮޅުގެ އިތުރު ރަށްރަށަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި