ވީޓީވީގެ ސިގްނަލް ނުލިބެނީ އެޓީވީ ސްޓޭޝަންގެ މައްސަލައަކުން – އޭދަފުށީ ކޭބަލް ނެޓްވޯކް

og_vtv.png

ރާއްޖޭގެ އަމިއްލަ ޓީވީ ޗެނަލްއެއްކަމުގައިވާ ވީޓީވީގެ ސިގްނަލް އޭދަފުއްޓަށް ނުލިބެނީ އެޓީވީ ސްޓޭޝަންގެ މައްސަލައަކުންކަމަށް އޭދަފުށީ ކޭބަލް ނެޓްވޯކްއިން ބުނެފިއެވެ.

މިދިޔަ މަހު ދުނިޔޭގެ ފުޓްބޯޅަ މުބާރާތް ފެށުމާއެކު ވީޓީވީގެ ސިގްނަލް އޭދަފުށީގެ ގޭގެއަށް ކެނޑިފައިވާއިރު، މާލެ ފިޔަވާ ރާއްޖޭގެ އެހެންރަށްރަށަށްވެސް ސިގްނަލް ނުލިބޭކަމަށްވެއެވެ. އޭދަފުށީ ކޭބަލް ނެޓްވޯކްގެ ވެރިޔާ އަބްދުﷲ ނަސީރު ބުނީ ސިގްނަލް ކެނޑެން މެދުވެރިވި މައިގަނޑު ސަބަބަކީ ވޯލްޑްކަޕްގެ މެޗްތައް ދެއްކުމަށް ބޭނުންވާ ޑީކޯޑަރު ވީޓީވީން ރަށްރަށުގެ ކޭބަލް އޮޕަރޭޓަރުންނަށް ލިބޭނޭގޮތް މެދުވެރިކޮށްނުދިނުންކަމަށެވެ.

“2012 ޔޫރޯގައިވެސް މިމައްސަލަ ކޮންމެވެސްވަރަކަށް ކުރިމަތިވި. އެފަހަރު މެޗްތައް އޮންނަގަޑިތަކުގައި އެކަނި ސިގްނަލް ނުލިބެނީ. މިފަހަރު އެއްގޮތަކަށްވެސް ސިގްނަލް ނުލިބި މިދަނީ. އަޅުގަނޑު ވަރަށް މަސައްކަތް ކުރިން ވީޓީވީއާ ވާހަކަދައްކައިގެންވެސް މިކަންވޭތޯ. އެހެންނަމަވެސް ކަމާބެހޭ އިކްވިޕްމަންޓްސް ނެތީ”

ވީޓީވީގެ ސިގްނަލް މިދުވަސްކޮޅު ކެނޑިފައިވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާކަމަށް ނަސީރު ބުންޏެވެ. އޭނާބުނީ ކުރިޔަށް އޮތްތަނުގައި މިފަދަ މައްސަލަތަކާމެދު ދުރާލާ ފިޔަވަޅުއަޅާނެކަމަށާ، މިކަން ތަކުރާރުނުވާނޭގޮތަކަށް ވިސްނާނެކަމަށެވެ.

އޭދަފުށީގެ އަނެއް ކޭބަލް ޓީވީ އޮޕަރޭޓަރ “ކޭބަލް ޗޮއިސް”ގެ ފަރާތުން ދޫކުރާ ވީޓީވީގެ ސިގްނަލްވެސް މިވަގުތުވަނީ މެދުކެނޑިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top