3 އޮން 3 ޗެންޕިއަންކަން ފެއިމްސް ޔުނައިޓެޑަށް

ފެއިމްސް ޔުނައިޓެޑްގެ ކުޅުންތެރިން ޗެންޕިއަން ޓްރޮފީއާއެކު / ފޮޓޯ: ފޭސްބުކް

ފެއިމްސް ޔުނައިޓެޑްގެ ކުޅުންތެރިން ޗެންޕިއަން ޓްރޮފީއާއެކު / ފޮޓޯ: ފޭސްބުކް

ދަބިގިނާސް އިން އިންތިޒާމްކޮށްގެން ކޮންމެ ރޯދަމަހަކު އޭދަފުށީގައި ބާއްވަމުން އަންނަ 3 އޮން 3 ފުޓްބޯޅަ މުބާރާތުގެ މިއަހަރުގެ ޗެންޕިއަންކަން ފެއިމްސް ޔުނައިޓެޑް ހޯދައިފިއެވެ.

ފެއިމްސް ޗެންޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗްގައި އެފްސީ އޮޒޮކްއާ ވާދަކޮށް 1-0ން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ހަމައެކަނި ލަނޑުޖެހީ ފެއިމްސްގެ އަބްދުﷲ ޒައީމް (އައްބި) އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެއިމްސްގެ އިޝާން އިބްރާއީމްއެވެ. އިޝާންގެ އިތުރުން ގަދަ 3 ކުޅުންތެރިންގެ ތެރޭގައި އޮޒޮކްޓީމްގެ ޝިޔާމް އަދި ޑޮލަރުސިޓީގެ މުއާޒުވެސް ހިމެނުނެވެ.

ޓީބީން ބޭއްވި 3 އޮން 3ގެ 5 މުބާރާތުގެ ތެރެއިން މިމުބާރާތާއެކު ފެއިމްސް ޔުނައިޓެޑްވަނީ 3 މުބާރާތް ކާމީޔާބުކޮށް އެންމެ ކާމިޔާބު ޓީމަކަށްވެސް ވެފައެވެ. އަނެއްކޮޅުން ޗެންޕިއަންގެ ހައިސިއްޔަތުން އަންނަ އަހަރުގެ މުބާރާތަށް އޮޓަމެޓިކުން ފެއިމްސް ޔުނައިޓެޑް ކޮލިފައިވެފައިވާކަމަށްވެސް ޓީބީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top