ސިމް ކާޑު ދޫކުރާ އަދަދު ލިމިޓްކޮށްފި

large_169022395933t5OA.jpg

ސިމް ކާޑު ނެގޭ މިންވަރު ލިމިޓުކޮށް ކޮންމެ ދިވެހި ރައްޔިތަކަށް 10 ސިމް ކާޑު އަދި ބިދޭސީއެއް ނުވަތަ ފަތުރުވެރިއެއް ނަމަ ތިން ސިމް ކާޑު ނެގޭ ގޮތަށް ގާނޫނު އެކުލަވާލާ ތަންފީޒު ކުރަން ފަށައިފިއެވެ.

މޯބައިލް ފޯނުގެ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ފޯނު ނަންބަރު ދޫކުރުމާއި ނަންބަރު ބޭނުންކުރުމާބެހޭ ގަވާއިދު”ގެ ނަމުގައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އިން މި ގަވާއިދު ވަނީ މިއަދު ގެޒެޓުކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން، ކޮންމެ ދިވެއްސަކަށް ނެގޭނީ ގިނަ ވެގެން 10 ސިމް އެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ޓޫރިސްޓުންނަށް ނެގޭނީ ތިން ސިމް ކާޑު ކަމަށް އެ ގަވައިދުގައި ވެ އެވެ. އަމިއްލަ ފަރުދުން ހިންގާ ވިޔަފާރިތަކަށް ވެސް 10 ސިމް ނެގޭނެ ކަމަށާއި ނަމަވެސް ގާނޫނީ އެހެން ޝަހުސުތަކާއި ދައުލަތުގެ އިދާރާތައް ބޭނުން އަދަދަކަށް އަދިވެސް ސިމް ނެގޭނެ ކަމަށް އެ ގަވައިދުގައި ބަޔާންކޮށްފައި ވެ އެވެ.

މި އަދަދަށްވުރެ އިތުރަށް ނަންބަރު ބޭނުންވާނަމަ މަޤުބޫލު ސަބަބެއް ބަޔާންކޮށް ކޭމްއަށް ހުށަހެޅުމުން، އެކަމަށް ހުއްދަ ދިނުމުގެ އިޚުތިޔާރު އެ އޮތޯރިޓީއަށް ލިބިގެން ވާކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގައި ވާގޮތުން ސިމް ކާޑު ދޫކުރެވޭނީ ކޭމް އިން ޓެލެކޮމިއުނިކޭޝަން ސާވިސް ޕްރޮވައިޑާ ލައިސެންސް
ދޫކޮށްފައިވާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އޭޖެންޓުންނަށް އެކަންޏެވެ. އަދި ސިމް ކާޑު ބަލައިގަންނަ މީހާއަކީ 18 އަހަރު ފުރިފައި ވާ މީހަކަށް ވުން މި ގަވާއިދުން ލާޒިމް ކުރެއެވެ.

މޯބައިލް ފޯނު ނަންބަރެއް ބޭނުންކޮށްގެން ކުރާ މުއާމަލާތްތަކަށް ޖަވާބުދާރީވާން ޖެހޭނ،ީ އެ ނަންބަރު ރަޖިސްޓަރީ ކޮށްފައިވާ ފަރާތުން ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މި ގަވާއިދު އާންމުކުރުމުގެ ކުރިން ނަގާފައިވާ ސިމްތަކުގެ ތެރެއިން 10 ސިމަށް ވުރެ ގިނަ ސިމް ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ނަންބަރުގެ އަދަދު އިޚުތިޔާރުކޮށް އިތުރުވާ ނަންބަރުގެ ޚިދުމަތް ކަނޑައިލުމަށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ހުށަހަޅަން ޖެހޭނެއެވެ.

މި ގަވާއިދާ ޚިލާފު ވެއްޖެ ނަމަ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އެކަމެއް ރަނގަޅުކުރުމަށް އެކަށީގެންވާ މުއްދަތެއް ދީ އެކަން އަންގާނެއެވެ. އަދި ދެވަނަ ފަހަރު އެ ކަމެއް ރަނގަޅުކުރުމަށް އަންގައި 10،000 ރުފިޔާއިން
ޖޫރިމަނާކުރާނެއެވެ.

ތިން ވަނަ ފަހަރަށް، އެކަމެއް ރަނގަޅުކުރުމަށް އަންގައި 20,000 ރުފިޔާއިން ޖޫރިމަނާކޮށް އޭގެ ފަހުން ގަވާއިދާ ޚިލާފުވާ ކޮންމެ ފަހަރަކު 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top