ބޮޑުތަފާތަކުން މާޅޮސް އަތުން އޭދަފުށި މޮޅުވެއްޖެ

DSCN8406.jpg

މިއަދު ހަވީރު އޭދަފުއްޓާއި މާޅޮސް ބައްދަލު ކުރި މެޗްގެ ތެރެއިން -- ފޮޓޯ :އީވީ

ބ.ފުޓްބޯލަ ޗެލެންޖުގައި މިއަދު މާޅޮހުކޮޅަށް އެގާރަ ލަނޑު ޖަހައި ބޮޑު ތަފާތަކުން އޭދަފުށި މޮޅުވެެއްޖެއެވެ.

މިމެޗުން މޮޅުވުމާއެކު ގްރޫޕް ބީގައި އޭދަފުށި މިހާރު އޮތީ ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދައި އެއް ވަނައިގައެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ކުޑަރިކިލެވެ. ތިން ވަނައިގައި އޮތް ގޮއިދޫ އާއި ފުލުގައި އޮތް މާޅޮހަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.

މިއަދުގެ މެޗުގައި އޭދަފުށީގެ ކެޕްޓަން މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމާއި ދެކުޅުންތެރިން ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާޙީމް ޝަރީފްވެސް ވަނީ ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން ރައްޒާން ރަޝީދު އާ އުނައިސް ޒުބައިރުވެސް ވަނީ އޭދަފުއްޓަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.

މާޅޮހު ޓީމުގެ ފަރާތުން އޭދަފުށީގެ ގޯލަށް ނުރައްކާވާ ފަދަ އެއްވެސް ހަމަލާއެއް ދެވިފައެއްނުވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ މުހައްމަދު ފާސިރު އެވެ.

މި މުބާރާތުގައި މާޅޮސް ކުޅުނު ދެމެޗުންވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ ވާދަކުރި ކުޑަރިކިލު މެޗުން މާޅޮސް ބަލިވެފައިވަނީ 2-0 އިންނެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް ސީގެ ދެޓީމް ކަމަށްވާ ހިތާދޫ އާއި ފެހެންދޫ އެވެ.

މިމުބާރާތަކީ ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ ސްޕޮންސަރގެ ދަށުން އޭދަފުށި ވެސްޓް ވިންގް ޖަމްއިއްޔާއާ ގުޅިގެން ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top