ކެންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

DJI01548-1.jpg

ބ. ކެންދޫ

ބ. ކެންދޫގައި މިދުވަސްވަރު ޑެންގޫ ހުން ފެތުރެމުންދާތީ އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމަށް އެރަށު ކައުންސިލުން ރައްޔިތުންނަށް އަންގައިފިއެވެ.

ކެންދޫ ކައުންސިލުން މިކަން އެންގީ އިއްޔެ އެކައުންސިލުން ކުރި އިޢްލާނެއްގައެވެ. އެއިޢްލާންގައިވަނީ މިދުވަސްވަރު އާންމުން ގެއިން ބޭރަށްނުކުމެ އުޅޭ އުޅުމުގައި ގަޔަށްދޫ ހެދުން ލުމަށާއި، މަދިރި ލޯޝަން އުނގުޅުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށްވެސް އެއިޢްލާންގައި އެދިފައެވެ.

ކެންދޫ ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން އޭދަފުށީ ވޮއިސްއަށް ވިދާޅުވީ ރޯދައިގެން ކުރިން ފެށިގެން ފެތުރެމުން އައި ޑެންގޫ ހުން މިހާރު މައިތިރިވަމުން އަންނަ ކަމަށާ، އެކަމަށް ކައުންސިލުން ހާއްސަ ސަމާލުކަމެއް ދެމުން އަންނަކަމަށެވެ.

”މިއަދުވެސް މިދަނީ މުޅިރަށަށް ފޮގް ކުރަމުން އިނގޭތޯ. އެހެންވީމާ ކައުންސިލުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން މިކަން ބަލަމުން އެބަދަން. އަނެއްކާ ސިއްހީ މަރުކަޒާވެސް ވަރަށްގާތުން މަސައްކަތް ކުރަމުން މިދަނީ” އިބްރާހީމް ވިދާޅުވިއެވެ.

ބ. ކެންދޫ ސިއްހީ މަރުކަޒުގެ އ. ކޮމިއުނިޓީ ހެލްތް އޮފިސަރ އަބްދުލްޖަލީލް އިބްރާހީމް ވިދާޅުވީ މިހާތަނަށް ޑެންގޫ 13 ކޭސް އެއް ފެނިފައިވާކަމަށާ، ނަމަވެސް އެއްވެސް މީހަކު އެމަޖެންސީއެއްއަދި ދިމާނުވާކަމަށެވެ.

ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމާ ދިމާކޮށް ބ. އަތޮޅުގެ ރަށްރަށުގައި ޑެންގޫހުން ފެތުރުމަކީ ވަރަށް އާންމުކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top