އެމިރޭޓްސް އެއަރލައިންގެ އާ އެމްބެސެޑަރަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ

640_Emirates-Global-Ambassador-Cristiano-Ronaldo-and-Emirates-Country-Manage...

އެމިރޭޓްސް އެއަރލައިންގެ އާ ގްލޯބަލް އެމްބެސެޑަރަކަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަޖައްސައިފިއެވެ.

ޕޯޗުގަލް ގައުމީ ޓީމުގެ ކެޕްޓަން އަދި މިއަހަރުގެ ކުރީކޮޅު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެވަނަ ފަހަރަށް ހޯދައިފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ގްލޯބަލް އެމްބެސެޑަރ އަކަށް ދެން ހުންނާނީ މިއަހަރު ޖެނުއަރީ މަހު އެ އެއަރލައިންގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި މިފަހަރުގެ ވޯލްކަޕް ބާއްވާ ގައުމު އަދި މިމުބާރާތް 5 ފަހަރު ހޯދައިފައިވާ ޓީމް ބްރެޒިލްގެ ލެގެންޑް ޕެލޭ އެވެ.

މިދިޔަ ހަފްތާ ބަންދުތެރޭގައި ވެވުނު އެއްބަސްވުމަށްފަހު ބްރެޒިލްގެ ލެޖެންޑް ޕެލޭ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އެކު ބައިވެރިވާ އެމިރޭޓްސް އެއަލައިން އިސްތިހާރެއްވެސް ވަނީ ދައްކާލާފައެވެ. ރޮނާލްޑޯ ބުނީ މިފަދަ އެއާލައިންއެއްގެ އެންބެސެޑަރަކަށް ވުމަކީ ލިބޭ ފަހުރެއްކަމުގައެވެ.

” މިއީ ދުނިޔޭގެ އެންމެ ރަނގަޅު އެއަރލައިން، އަހަރެން ފަޙުރުވެރިވަން މި އެއަރަލައިންގެ އެމްބެސެޑަރަކަށް ވީތީ. ކޮންމެ މީހަކުވެސް މަސައްކަތް ކުރާނެ އެމީހެއްގެ ހުވަފެންތަށް ހަގީގަތަކަށް ހެދޭތޯ. އެކަމަކު މިއީ އެހާ ފަސޭހަމެއް ނޫން. މިހާހިސާބަށް މި އާދެވުނީ ގަދައަޅާ މަސައްކަތް ކޮށްގެން. ” އެމިރޭޓްސް އެއަރލައިން އިން ސްޕޮންސާ ކޮށްފައިވާ ޖާޒީގައިވެސް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ މީޑިއާ އާ ވާހަކަ ދައްކަމުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top