ޑިއެގޯ ކޯސްޓާ ޗެލްސީގެ މެޑިކަލް ފުރިހަމަކޮށްފި

Costa.jpg

ޗެލްސީ އަށް ބަދަލުވުމަށް ސްޕޭނާއި އެތްލެޓިކޯ މެޑްރިޑުގެ ފޯވަޑް ޑިއެގޯ ކޯސްޓާ މެޑިކަލް ހަދައިފި އެވެ.

އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕުގެ ކުރިން އޭނާގެ 25 އަހަރުގެ ކުޅުންތެރިޔާގެ ސޮއި ހޯދުމަށް ޗެލްސީ ކުރާ މަސައްކަތުގެ ދަށުން ބާކީ އޮތީ ކުޅުންތެރިޔާގެ މުސާރަ އާއި އިމޭޖްރައިޓް ފަދަ ކަންތައްތައް ހަމަޖެއްސުމެވެ.

ކޯސްޓާ އަކީ ނިމިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ ލަޔޮނަލް މެސީ އަށް ފަހު ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.
އުފަން ގައުމު ބްރެޒިލަށް ދެ މެޗު ކުޅެދިނުމަށް ފަހު ސްޕޭނުގެ ގައުމީ ޓީމަށް ކުޅެން މިދިޔަ އަހަރު ނިންމި ކޯސްޓާ ގަތުމަށް ޗެލްސީން 32 މިލިއަން ޕައުންޑް ހޭދަކުރާނެ އެވެ. އަދި އޭނާ ވަނީ 52 މެޗުން 36 ގޯލު ނިމިދިޔަ ސީޒަނުގައި އެތްލެޓިކޯ މެޑްރިޑަށް ޖަހައިދީފަ އެވެ.

އަންނަ ސީޒަނަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އެންމެ ބޭނުންވާ އެއް ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ޗެލްސީން އޭނާގެ މެޑިކަލް ފުރިހަމަކުރުމަށް ފަހު ބުނީ އެކުލަބުން މަސައްކަތް ކުރަނީ ޓީމު ވަރުގަދަ ކުރުމަށް ކަމަށާއި މި ގޮތުން މޮޅު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރުމަކީ ޓީމުގައި ތިބި ކުޅުންތެރިން ކަންބޮޑުވާން ޖެހޭ ކަމެއްނޫން ކަމަށެވެ.

އޭނާ މިހެން ބުނީ ޗެލްސީގައި މިހާރު ތިބި ފޯވަޑުން ކަމަށްވާ ސްޕޭނުގެ ފެނާންޑޯ ޓޮރޭޒާއި ކެމަރޫނުގެ ސެމިއުލް އެޓޫފަދަ މަޝްހޫރު ފޯވަޑުންގެ ކުރިމަގާމެދު އެކުޅުންތެރިންނާއި މީޑިޔާއިން ވެސް ސުވާލު އުފައްދަމުންދާތީ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top