އޭދަފުށީ ސީސަންގޭ އަލީ އަބޫބަކުރު (އަލިކޮއި) މިއަދު ހެނދުނު ބަނދަރު ސަރަހައްދުގެ ފަޅު ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ އެވެ. އޭނާ ފެނުނުއިރުވެސް އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައިއޮތްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:55 ހާއިރެވެ.
އޭދަފުށީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ މޫދަށް ވެއްޓިފައިވާ ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





