ގައުމީ ޤުރްއާން މުބާރާތް މި އަހަރު ނުބާއްވާނެ.

148989_71fd0c33-c_.jpg

ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރު ނުބާއްވާ ގޮތަށް ނިންމަވައިފި އެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި އަހަރު ބާއްވަން ހަމަޖެހިފައިވާ ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކޮންމެ އަހަރަކު ބާއްވަމުން އައި މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސްކޫލްތަކުން ދަރިވަރުން ބައިވެރިވެއެވެ.

އެގޮތުން މިދިޔަ އަހަރު ބޭއްވި 33ވަނަ ގައުމީ ޤުރްއާން މުބާރާތުގައި 1،273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top