ބ.އަތޮޅުގައި ޔޫތު ލީޑަރޝިޕް ޕްރޮގްރާމެއް ބާއްވައިފި

eco3.jpg

ޔޫއެންޑީޕީ އާއި ސޮނެވާފުށި ގުޅިގެން ބޭއްވި އިކޯ ކޭމްޕްގެ ތެރެއިން- ފޮޓޯ: ޔޫއެންޑީޕީ

ސޮނޭވާފުށި ރިސޯޓާ ޔޫއެންޑީޕީ ގުޅިގެން ޔޫއެންޑީޕީގެ ޔޫތު ލީޑަރޝިޕް ޕްރޮގްރާމް ބ.އަތޮޅުގައި ބާއްވައިފިއެވެ.

އިކޯ ކޭމްޕް ގެ ނަމުގައި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ބ. އަތޮޅުން 26 ޒުވާނުން ބައިވެރިވިކަމަށް ޔޫއެންޑީޕީ އިން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ބޭނުމާބެހޭ ގޮތުން ވާހަކަ ދައްކަމުން ޔޫއެންޑީޕީން ބުނީ މި ޕްރޮގްރާމް ހާއްސަކުރީ ރަށްރަށުގައި މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްނަގައިގެން ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް ކަމަށާ އެ ޕްރޮގްރާމްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އަމަލީ ގޮތުން ބައެއް ހަރަކާތްތަކުގައި އެ މީހުން ބައިވެރިކުރި ކަމަށެވެ.

މީގެ އިތުރުން ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނަކާއި ބައިވެރިން ސްނޯކްލިން އަށް ގެންގޮސް ހިމާޔަތްކޮށްފައިވާ ވެލާ ކަހަނބު ފަދަ ތަކެތި ސަލާމަތްކުރާނެ ގޮތުގެ މައުލޫމާތު ވެސް ސޮނެވާފުށީ ރިސޯޓާ ގުޅިގެން ދީފައިވާ ކަމަށް ޔޫއެންޑީޕީ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top