އެެސްޓީއޯ ބޭސް ފިހާރަތައް ތިން ދުވަހަށް ބަންދު

441848_3_4056e6362f60e39d1316b58a7322c159fc343306.webp

މިއަދުން ފެށިގެން ތިން ދުވަހަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރަތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެގޮތުން އޭދަފުށީގައި ހުންނަ އެސްޓީއޯ ބޭސް ފިހާރަވެސް މިއަދުން ފެށިގެން ތިން ދުވަހަށް ބަންދުވާނެ އެވެ.

އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށްޓަކައި މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިޔުމަށް ފާމަސީތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ޚިދުމަތް ދީ، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށެވެ.

މި ބަދަލާއެކު ފާމަސީތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އާ ކުންފުންޏަށް ބަދަލުވެގެންދާނެ އެވެ.

އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތްދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ސްޓޭޓްފާމާގެ މައިގަނޑު އަމާޒަކީ “ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް” މި ޝިއާރުގެ ދަށުން، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top