ލިވަޕޫލުން، ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް ސިއްސުވާލައިފި

ރޭގެ މެޗްގައި ލަނޑުޖެހުމަށްފަހު ކެޕްޓަން ޖެރާޑާ، ސުއަރޭޒް އުފާފާޅުކުރަނީ

ރޭގެ މެޗްގައި ލަނޑުޖެހުމަށްފަހު ކެޕްޓަން ޖެރާޑާ، ސުއަރޭޒް އުފާފާޅުކުރަނީ

ޕްރިމިއަރ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ، ލިވަޕޫލް ރޭ ބައްދަލުކުރި މެޗް 3-0ގެ ތަފާތުބޮޑު ނަތިޖާއަކުން ލިވަޕޫލް މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑް މާޔޫސްކޮށްލައިފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ރަފޭލް އަތުގައި ޖެހުނު ބޯޅައަކުން ލިބުނު ޕެނަލްޓީއަކުން އިނގެރޭސި ގައުމީ ޓީމް، އަދި ލިވަރޕޫލްގެވެސް ކެޕްޓަން ސްޓީވެން ޖަރާޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފް ހަމަ ފެށިތަނާ އަނެއްކާވެސް ލިވަރޕޫލް އަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީވެސް ލިވަރޕޫލްއަށް ކާމިޔާބުކޮށްދިނީ ސްޓީވެން ޖެރާޑެވެ.

މިމެޗުގައި ލިވަރޕޫލްއަށް 3 ޕެނަލްޓީއެއް ލިބުނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅެމުން ދިޔަ ލިވަރޕޫލްއަށް ނަތީޖާ ތަފާތުކޮށްލަން ލިބުނު 3 ވަނަ ޕެނަލްޓީ އަދި ސްޓީވެން ޖެރާޑްއަށް ހެޓްރިކް ހަދާލަން ލިބުނު ރަނުގެ ފުރުސަތު އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އެހެން ނަމަވެސް މާގިނަ އިރުތަކެއް ނުވެ ދުނިޔޭގައި އަލަށް އުފެއްދި އަތުން ވިޔެފައިވާ ބޫޓުގައި މި މެޗު ކުޅެމުން އައި ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރަރ ލުއިސް ސުއަރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒުނުގައި އޭނާ ކާމިޔާބުކޮށްދިން 25 ވަނަ ގޯލެވެ.

ފަހަކަށް އައިސް ލިވަރޕޫލް މި ދައްކާ މޮޅު ކުޅުމުގެ ސަބަބުން ވޭން ރޫނީ ވަނީ މީޑިއާ ތަކުގަ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރޫނީ ބުނެފައިވަނީ ” މިއީ ފުޓްބޯޅަ ކެރިޔަރުގަ އޭނަ އެންމެ ހިތްދަދިވި ދުވަސް. ލިވަރޕޫލް މޮޅުވުން ހައްޤު. އެމީހުން މޮޅަށް ކުޅުނީ. އެކަކުވެސް ބޭނުމެއް ނުވާނެ މިގޮތަށް ބަލިވާކަށް. އެވެސް އަމިއްލަ ދަނޑުގަ. ”

ޓޭބަލްގެ 8 ވަނަގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ ކުޅުނު 29 މެޗުން 48 ޕޮއިންޓެވެ. ލިވަރޕޫލް އޮތީ ކުޅުނު 29 މެޗުން 62 ޕޮއިޓް ހޯދާ ޓޭބަލްގެ 2 ވަނައިގައެވެ. އެހެންކަމުން ޗެމްޕިއަންސް ލީގު 5 ފަހަރު ހޯދައިފައިވާ ލިވަރޕޫލްއަށް އަންނަ ސީޒަންގައި އެމުބާރާތް ކުޅުމުގެ ފުރުސަތު ގާތްގަނޑަކަށްވަނީ ކަށަވަރުވެފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއްމެޗްގައި އާސެނަލްވަނީ ޓޮޓެންހަމް އަތުން 1-0 ން މުޅޮވެ ތާވަލުގެ 3 ވަނައަށް ޖެހިލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top