ދިރާގުގެ ހިއްސާ ވިއްކާނުލިނަމަ މިއަދު އިންޓަނެޓްގެ އަގު ހެޔޮކުރެވޭނެ :އެމްޕީ އަލީ

medium_45394.png

ކެންދޫ ދާއިރާގެ މެންބަރު އެމްޕީ އަލީ ހުސޭން.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދެމުން ގެންދާ އެންމެ ދުވަސްވީ ކުންފުނި، ދިރާގުގެ ހިއްސާ ރައީސް ނަޝީދުގެ ވެރިކަމުގައި ވިއްކާނުލި ނަމަ މިއަދު އިންޓަނެޓްގެ އަގު ހެޔޮ ނުކުރެވިގެން އުޅެން ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އެމްޕީ. އަލީ މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

ދިރާގުގެ ހިއްސާއިން ބައެއް ބޭރުގެ ފަރާތަކަށް ވިއްކާލާފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މިވަގުތު ގޭގައި ތިބުމަށް ސިއްހީ ފަރާތްތަކުންނާއި ސަރުކާރުން ތަކުރާރުކޮށް ގޮވާލަމުން ދާއިރު ގޭގައި ތިބުމަށް ބޭނުންވާނެ އެންމެ މައިގަނޑު ވަސީލަތަކީ އިންޓަނެޓުގެ ޚިދުމަތެވެ. އެކަމަކު ޝަކުވާއަކަށް ވެފައިވަނީ އިންޓެނެޓްގެ އަގު ބޮޑުވުމެވެ.

މިކަމަށް އިޝާރާތްކޮށް އެމްޕީ. އަލީ އިތުރަށް ވިދާޅުވަނީ އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮޑުކަމާ އަދި ސަރުކާރުގެ ކޮންޓްރޯލް އޮންނަން ޖެހޭނެކަން މި ވިސްނެނީ މިކަހަލަ ދަނޑިވަޅެއްގައިކަމަށެވެ.

މި ހާލަތުގައި ގައުމުތަކުން ދަނީ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮ ކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގައި އިންޓަނެޓް ހިލޭ ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މި ސަރުކާރުން އިންޓަނެޓް އަގު ހެޔޮކުރާނެ ކަމަށް ބުނެފައިވަނީ 2023 ވަނަ އަހަރުއެވެ.-

އިންޓަރނެޓް އަގު ހެޔޮ ކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު