ފަލަސްތީނުގެ ހައްގުގައި ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔަން އަންގައިފި

ap23282603526691-640x400-1-1.jpg

ފަލަސްތީނަށް ނަސްރު ލިބުމަށް އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދީ، އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެގޮތަށް ހުރިހާ މިސްކިތެއްގައި އަމަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ގުނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން އަޑު ހަރުކޮށް ކިޔަވާ ނަމާދުގެ ފަހު ރަކްއަތުގައި ކިޔާ ޚާއްސަ ދުއާ އެކެވެ. ކީރިތި ރަސޫލާގެ ދުވަސްވަރުވެސް ކާރިސާތައް ދިމާވުމުން ގުނޫތު ނާޒިލާ ކިޔުއްވާފައިވާ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ކޮވިޑްގެ ބަލިމަޑުކްނަ މެދުވެރިވުމުންވެސް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވަނީ ގުނޫތު ނާޒިލާ ކިޔައިފައެވެ.

ޣައްޒާގައި ވެރިކަން ކުރާ ހަމާސްއިން މިިދިޔަ ހޮނިހިރު ދުވަހު އިޒްރޭލާ ދެކޮޅަށް ކުއްލި ގޮތަކަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށުމާ ގުޅިގެން އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ފަލަސްތީނަށް ހަމަލާ ދެމުންނެވެ.

ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,200 މީހުން މަރުވެ، 2،800އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 970އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5,000އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top