އިންޓަރސްކޫލް ގުރުއާން މުބާރާތެއް ބާއްވަނީ

134032_3_02e923c41627ac6d421bcea2a34772acd010d3a9_medium.jpg

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ވާހަކަ ދައްކަވަނީ - ފޮޓޯ : މިހާރު

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބައިވެރިވެވޭ ގޮތަށް ގުުރުއާން މުބާރާތެއް ބާއްވަން ގަސްދު ކުރާކަމަށާއި މި އަހަރުން ފެށިގެން އެމުބާރާތް ބާއްވާނެކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މުޖްތަމައުގެ ތެރޭގައި އޮންނަ ފަރުދީ ގުޅުންތައް ރަނގަޅުވެ އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި ވެވޭނީ ކީރިތި ގުރުއާނުގައި ބަޔާންވެފައިވާ ރީތި އަދަބާއި އަޚުލާގުން އެންމެން ޒީނަތްތެރިވެގެން ކަމަށާއި ދީނީ އަޚްލާޤު ހިތްތަކުގައި އަށަގަންނުވައި ދީނީ މައުލޫމާތު ހޯދަން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ހަމަމިއާއެކު ދީން ހިމާޔަތް ކުރުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ގައުމު ހިމާޔަތް ކުރެވޭނީ ދީން ހިމާޔަޔްކޮށްގެން ކަމުގައި އެމަނިކުފާނު ހަނދާން ކޮށްދެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަމުން ވިދާޅުވީ މީގެ އެތައް އަހަރުތަކެއް ކުރިން އިސްލާމީ ބޮޑެތި ދައުލަތް ވެއްޓި، މުސްލިމުން ނިކަމެތިވެގެން ދިޔަ އެއް ސަބަބަކީ އިލްމު ފޯރުކޮށް ދިނުމުގައި އިހުމާލުވުމާއި ދީނީ އިލްމު ފެތުރުމުގައި އިލްމުވެރިން އިހުމާލުވުން ކަމަށް ވިދާޅުވެ މިފަދަ ކަންކަމުން މިސާލު ނަގައި، މިކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ޑރ.ޒިޔާދު އެދިވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރި ވެގެން ރަތް ވަނަ ތައް ހޯދާފައިވާ ފަރާތްތަކަށް އިނާމާއި ޓްރޮފީ ހަވާލުކުރުންވެސް އޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top