ބ.އަތޮޅުގައި ލަގްޒަރީ ރިސޯޓެއް ހުޅުވަން ތައްޔާރު ވަނީ

The-Nautilus-Maldives-beach-house-interior-from-living-room.jpg

ދަ ނައުޓިލަސް ގެ ނަމުގައި ބ.އަތޮޅުގައި އާރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.

އަންނަ ނޮވެމްބަރު މަހު ހުޅުވަން ތައްޔާރުވާ މި ރިސޯޓަކީ ވިޔަފާރިއާއި ރިސޯޓްތައް ހިންގުމުގެ 30 އަހަރު ތަޖްރިބާލިބިފައިވާ ޑރ. އިބްރާހިމް އުމަރު މަނިކުގެ މޭސްތިރިކަމުގެ ދަށުން ހަދަމުންދާ ރިސޯޓެކެވެ.

ސައްބީސް ސޫޓް ހިމެނޭ މި ރިސޯޓްގެ 15 ސޫޓަކީ ގޮޑުދޮށަށްވާ ގޮތަށް ގަސްތަކުގެ ތެރޭގައި ހަދާފައިވާ ސޫޓް ތަކެވެ. އަދި 11 ސޫޓަކީ މޫދުގައި ހަދާފައިވާ ވޯޓާވިލާ ސޫޓްތަކެވެ. ކޮންމެ ސޫޓެއް ވެސް ހަދާފައި ވަނީ ޕްރައިވެޓް ޕޫލަކާ އެކު ޕްރައިވެސީ ލިބޭ ގޮތަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން ސީޕްލޭންގައި 35 މިނިޓުން އާދެވޭ މި ރިސޯޓުގައި ތިން ރެސްޓޯރަންޓަކުން ގެސްޓުން ބޭނުންވާ އެއްޗެހި ޝެފުންނާ ވާހަކަ ދައްކައިގެން ވެސް ލިބެން ހުންނަ އިރު އެޕޮއިންޓްމަންޓް ހެއްދުމަކާ ނުލާ ގެސްޓުން ބޭނުންވާ ގަޑިއެއްގައި ސްޕާގެ ހިދުމަތް ލިބޭނެ އެވެ. އަދި ޔޮޓުގައި ދަތުރުކޮށް ހިތް ހަމަޖައްސަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެން ހުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top