އޭ ލެވެލްގެ ގަދަ 10ގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 4 ދަރިވަރުން

IMG-8eb0b7680268b5cfd419bb65a1b1e078-V.jpg

މިދިޔަ އަހަރުގެ އެލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ދަރިވަރުން ހިމެނިއްޖެއެވެ. އޭގެތެރެއިން ފަސް މާއްދާއިން އޭ ފާސް ހޯދައިގެން ދެ ދަރިވަރަކު ވަނީ ރާއްޖޭގެ ގަދަ 10ގެ އެއް ވަނަ ވެސް ހޯދާފަ އެވެ.

މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި ބައިވެރިވެ އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މި ދަރިވަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމާއި އެޑިއުކޭޝަން މިނިސްޓްރީން ދޭ އިނާމު ހާސިލް ކޮށްފައެވެ.

އޯލެވެލް ގަދަ 10 ގައި ހިމެނެނު ބ. ތައުލީމީ މަރުކަޒުގެ ދަރިވަރުންނަކީ

• އަސްމާ އިބްރާހީމް ރަޝީދު، ދިރާސާ، ކުޑަރިކިލު (1 ވަނަ)
• އަޒްހާން އަބްދުލްފައްތާހް، ޑޭލައިޓް، ކެންދޫ (1 ވަނަ)
• މުހައްމަދު އަހްނަފް އިބްރާހީމް، މަތިހާ، އޭދަފުށި (6 ވަނަ)
• މަރިޔަމް ހަމްދާ، އަހިމާގެ، ކިހާދޫ (8 ވަނަ)

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، މިދިޔަ އަހަރު މެއި އަދި ޖޫންގައި ބޭއްވި އޭލެވެލް އިމްތިހާނުން ގަދަ ދިހައެއްގައި 187 ދަރިވަރުން ހިމެނުނެވެ. އޭގެ ތެރެއިން އެއްވަނައަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

މިދިޔަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނުގެ ގަދަ 10ގައި 187 ދަރިވަރުން ހިމެނުނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު ޝިހާމް ވިދާޅުވީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތައުލީމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށާ އެގޮތުން އެ މަސައްކަތްތަކުގައި ޓީޗަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުގެ މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

އޭލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާ ހޯދައި، އެޑްއެކްސްއެލްއިން ދޭ ހައި އެޗީވާ އެވޯޑް ހާސިލުކުރި ހަތަރު ދަރިވަރުންގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ވަނީ ތިން ދަރިވަރަކާ އިއްޔެ ބައްދަލު ކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top