”ވެސްޓް ވިންގް“ އިން އޭދަފުށި ފެހި ކުރުމުގެ މަސައްކަތް ފަށައިފި.

106677739_2032423470239954_1328678808264499055_o.jpg

ވެސްޓް ވިންގ އިން އޭދަފުށީ ގައި ހިންގި ގަސް އިންއިންދުމުގެ ހަރަކާތުގެ ތެރެއިން --ފޮޓޯ : ވެސްޓްވިންގްސް.

އޭދަފުށި”ވެސްޓް ވިންގް“ ޖަމިއްޔާއިން އިން އޭދަފުށި ފެހި ކުރުމުގެ ގޮތުން އޭދަފުށި ހިއްކި ބިމުގައި ގަސް އިންދުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ރަށުގެ ހުޅަނގު ދެކުނުކޮޅުގައި ހިއްކާފައިވާ ބިމުގައި އިއްޔެވަނީ ފިތުރޯނާއި އޮފިއެލޭ ވައްތަރުގެ 26 ގަސް އިންދާފަ އެވެ.

ވެސްޓް ވިންގުން ބުނީ މިކަން ކުރަން ގަސްދު ކުރީ އޭދަފުށީގައި ގަސްގަހާގެހި މަދުވުމުގެ ސަބަބުން ހޫނު ގަދަ ވުމާއި މެދުވެރިވާ ސިއްހި މައްސަލަތަކުގެ އިތުރުން ރަށަށް ޒިޔާރަތް ކުރާ މެހެމާނުންގެ ވެސް އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ ރަށުގައި ގަސް މަދުވުން ކަމަށް ވާތީ މިކަމަށް ކޮންމެ ވެސް ބަޔަކު އިސްނަގަން ޖެހިއްޖެ ކަމަށް ފެނިގެންނެވެ.

“ވަރަށް އުއްމީދާއެކު މިފެށީ. އަޅުގަނޑުމެންގެ އަމާޒަކީ ހިޔާދޭ ބޮޑެތި ގަސްތަކުން އޭދަފުށީގެ މަލަ ފެހި ކޮށްލުން. މި އަމާޒާ ހަމައަށް ދިއުމަށް މި ޖަމިއްޔާގެ ހުރިހާ މެންބަރުންވެސް މި ތިބީ ވަރަށް ކެރިގެން ޝައުގުވެރިކަމާއެކު މިކަން ކުރާ ހިތުން.” ވެސްޓް ވިންގް ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ވެސްޓް ވިންގުން ބުނީ ގަސް އިންދުމަށް ފަހު އެހިސާބުން ނިމުނީ ކަމަށް ނުދެކޭ ކަމަށާއި ގަސް ރަނގަޅަށް ހެދި ބޮޑުވަންދެން އެގަހަށް ފެންދީ ބަލަހައްޓާނެ ކަމުގައެވެ. އަދި އިއްޔެ އިންދި ގަސް ތަކަކީ މި ޕްރޮގްރާމްގެ ފެށުން ކަމަށާއި ގަސް އިންދުމުގެ އިތުރު ބުރެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ވެސްޓް ވިންގް ޖަމިއްޔާ އަކީ އޭދަފުށީ ހުޅަނގު ސަރަހައްދުގެ ޒުވާނުން ކޮޅެއް އެކުވެގެން 2017ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ. ފާއިތުވި ދުވަސް ތަކުގައި މި ޖަމިއްޔާއިން ވަނީ ރަނގަޅު ހަރަކާތް ތަކެއް ހިންގާފައިކަން ފާހަގަ ކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top