ފަލަސްތީނަށް 50 މިލިޔަން ޑޮލަރު ދިނުމަށް ސައުދީ ރަސްގެފާނު އަމުރުކޮށްފި

640x392_68361_149874.jpg

ފަލަސްތީނުގެ ރެޑް ކްރެސެންޓަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވުމަށް ސައުދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުއަޒީޒް އަލް ސައުދު އަމުރުކުރައްވައިފި އެވެ.

ސައުދީ އަރަބިއާގެ ފިނޭންސް މިނިސްޓަރު ޑރ. އިބްރާހީމް ބިން އަބްދުލްއަޒީޒް އަލް އައްސާފް ވިދާޅުވީ ފަލަސްތީނުގެ ރެޑްކްރެސެންޓަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވުމަށް ސައުދީ ރަސްގެފާނު އަމަރުކުރައްވާފައިވާ ކަމަށެވެ.

މި އެހީ އަކީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އަނިޔާލިބިފައިވާ ކުޑަ ކުދިންނާއި، މުސްކުޅިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުނަށް މިވަގުތުން ވަގުތަށް ބޭސް ފަރުވާ ކުރުމަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި ދެއްވި އެހީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދަކީ 173 އެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް 1152 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top