ރޯދަމަހު ފުރަތަމަ ހަފްތާގައި 727 ކޮންޓޭނަރުގެ މުދާ އެތެރެކުރި

img_md_202102080455511612785351.7384.jpg

އެމްޕީއެލް ކޮމާޝަލް ޕޯޓް. ފޮޓޯ: ޔޫސުފް ސަފްވާން ރަޝީދު

ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ކާބޯތަކެތީގެ 727 ކޮންޓެއިނަރު ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެމްޕީއެލްއިން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ހުޅުމާލޭ ކޮންޓޭނަރު ޓާމިނަލް އިން ވަނީ 727 ކޮންޓެއިނަރު ކްލިއާ ކޮށްފަ އެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިހާއި، ފިޔާ  އަދި އިނގުރެވެ. އެގޮތުން 26،520 ކާޓަންގެ ބިހާއި 18،786 ފިޔާ ގޯނި އަދި 2600 އިނގުރު ފޮށިގަނޑެވެ.

މޭވާގެ ބާވަތްތަކަށް ބަލާއިރު، 5،207 ކަރާ ބަސްތާ އާއި 2،125 ކާޓަން އަލަނާސި ކާޓަން ވަނީ ކްލިއާ ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top