ފާއިތުވި ފަސްއަހަރަކީ އޭދަފުއްޓަށް ވަރަށް ނިކަމެތި ދުވަސްތަކެއް: ސަލީމް

daTRQtzSAXQhTYQmHLyNj262quEEfcrr5XaD7Lfw.jpeg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރަގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފާއިތުވި ފަސް އަހަރަކީ އޭދަފުއްޓަށް ވަރަށް ނިކަމެތިކަން ލިބިގެންދިޔަ ދުވަސްތަކެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިކަން ފާހަގަ ކުރައްވައި ސަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެވްރެޖް ގޮތެއްގައި އެއްވެސް ކަމެއް އޭދަފުއްޓަށް ނުކޮށްދެވޭ ކަމަށެވެ.

ސަލީމްގެ ވާހަކަފުޅުގައި ރައީސް ޔާމީންގެ ސަރުކާރުން ފަށައި ނިމުމަކާ ކައިރިވެފައި އޮތް މަގުހެދުމުގެ މަޝްރޫއާއި ހޮސްޕިޓަލްގެ އެކްސްޓެންޝަން ގެ އިތުރުން މައިގަނޑު އެއްވެސް މަސެއްކަތެއް ނުކުރެވޭ ކަން ހިތާމައާއެކު ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފުރަތަމަ އަހަރުގައި އަޅުގަނޑު އޭދަފުށީ ހުޅަނގު ބަނދަރު ހެދުމަށް 30 މިލިއަން ރުފިޔާ ހިމެނިކަމަށެވެ. އަދި ހޮސްޕިޓަލް އެޅުމަށް 20 މިލިއަން ހިމެނިން، ނިމިގެން ދިޔަ ސަރުކާރުން މީގެ އެއްވެސް މަޝްރޫއެއް އަމަލީގޮތުން ފެށިގެން ނުވާ ކަމަށެވެ.

“ހޮސްޕިޓަލް ވީތަނެއް ނޭނގި ފެނުނީ އެހެން ތަނަކަށް ބަދަލުވެގެން ދިޔަ ތަން. އޭގެ އިތުރުން ސަރުކާރުގެ އެންމެ ފަހު ހަފްތާގައި ކުންފުންޏަކާއެކު ސޮއި ކުރި ނަމަވެސް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ މިކަމަށްޓަކައި އަޅުގަނޑު ވަރަށް ހިތާމަ ކުރަން،” ސަލީމް ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުގައި އޭދަފުށީ ބަނދަރު ހެދުމަށާއި ހައުސިން މަޝްރޫއު އަދި މަގު ހެދުމަށް ވެސް ފައިސާ ހިމަނާފައިވާކަން ފާހަގަކުރައްވައި ސަލީމް ވަނީ މި ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top