ދުނިޔޭގެ ތެލެސީމިއާ ދުވަސް

8th-May-2014-banner.jpg

މިއަދަކީ ދުނިޔޭގެ ތެލަސީމިއާ ދުވަހެވެ. ތެލެސީމިއާ ބައްޔަކީ މިއަދު ރާއްޖޭއަށް ކުރިމަތިވެފައިވާ ސިއްޙީ އެންމެބޮޑުއެއްމައްސަލަ އެވެ. މިބަލި ޖެހެނީ ތެލަސީމިއާ ވާރުތަކުރާ ދެ ކުރިއެރުންމެދުވެރިވެގެންނެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ 18 އިންސައްތަ މީހުންނަކީ ތެލަސީމިއާވާރުތަކުރާ ގޮތް ހުންނަ މީހުން ނުވަތަ ކެރިއަރުން ކަމަށް ހިސާބުތަކުންދައްކައެވެ. ކެރިއަރުންނަކީ ބަލިމީހުންނެއްނޫން ކަމުގައި ވިޔަސްދެކެރިއަރުން ކައިވެނިކޮށްގެން ލިބޭ ދަރިންނަށް މިބަލިޖެހުމުގެ ފުރުޞަތުއޮންނަ ކަމަށް ސިއްހީ ހޯދުން ތަކުން ދައްކައެވެ. ތިރީގައި އެވަނީ ތެލެސީމިއާ އާއި ބެހޭ މައުލޫމާތުކޮޅެކެވެ.

ތެލަސީމިއާ އަކީ ކޮބާ؟

ތެލަސީމިއާއަކީ ލޭގައިވާ އާދަޔާޚިލާފުކަމެކެވެ. މިއީ މައިންބަފައިންގެ ފަރާތުންދަރިންނަށް ވާރުތަވާކަމެކެވެ. އެހެން އެއްވަސް ގޮތަކުން ޖެހޭ ބައްޔެއްނޫނެވެ.

ބަލީގައިވާގޮތަކީ ލޭގައި ހިމެނޭ ހީމޯގުލޯބިން(އެޗް.ބީ)ފުރިހަމައަށް އުފައްދާނުދެނީއެވެ. ހީމޯގުލޯބިންއަކީ ލެއަށް ރަތްކުލަގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭމާއްދާއެވެ. މިމާއްދާ އުފެދިފައިވަނީ ދެބީޓާ އަދި ދެ އަލްފާ ޗެއިންގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާއަށެވެ. އަލްފާޗެއިން އުނިވުމުން ވަނީ އަލްފާ ތެލަސީމިއާ އަށެވެ. މީގެތެރެއިންދިވެހިރާއްޖޭގައި އެންމެ ޢާންމު ވައްތަރަކީ ބީޓާ ތެލްސީމިއާ އެވެ.

ބީޓާ ތެލްސީމިއާގެ ބާވަތްތައް

ބީޓާ ތެލަސިމިއާވާރުތަކުރާގޮތްހުރުން ނުވަތަ ކެރިއަރ:-މިފަދަމީހުންނަކީ ފުރިހަމަ ޞިއްޙަތެއްގައި ތިބެ، ލިބޭދަރިންނަށް މިކަންވާރުތަކޮށްފާނެ މީހުންނެވެ. ކެރިއަރެއްކަން އެނގޭނެގޮތަކީ މިކަމަށްކުރާލޭގެ ޙާއްޞަ ޓެސްޓެއްކުރުމުންނެވެ. ނުވަތަ ލޭއަޅާކުޖެއް ލިބުމުންއެދެމަފިރިންނަކީ ކެރިއަރުންކަން އެނގުނީއެވެ. (ކެރިއަރުންނަކި އެއްވެސްގޮތަކަށް ބަލިބައެއް ނޫނެވެ.) އަދިބަލާބެލުމަށް އެހެންމީހުންނާ ތަފާތުބައެއްވެސްނޫނެވެ. ދިވެހިރާއްޖޭގެ އާބާދީގެ %18 ބީޓާތެލަސީމިއާކެރިއަރުންނެވެ.

އަލްފާ ތެލްސީމިއާ ކެރިއަރ

އަލްފާތެލަސީމިއާ ކެރިއަރުންނަކީ ޞިއްޙަތުސަލާމަތުންތިބޭބައެކެވެ. ބީޓާ ތެލަސީމިއާއެކޭ އެފަދައިން އަލްފާތެލްސީމިއާ އަކީވެސްމައިންބަފައިންގެފަރާތުން ވާރުތަކުރާކަމެކެވެ. ކެރިއަރެއްކަންއެނގެނީމިކަމަށްކުރާ ޙާއްޞަ ޓެސްޓެއްކުރުމުންނެވެ. އަލްފާ ޒީރޯ ކެރިއަރުންނާއިއަލްފާ ޕްލަސް ކެރިއަރުން ވަކިކުރެވޭނީ ޑީ.އެން.އޭ ޓެސްޓްހަދައިގެންނެވެ.އަލްފާކެރިއަރަކާއި އެހެންބާވަތެއްގެ ކެރިއަރަކާ ކައިވެނިކުރިކަމުގައިވިޔަސް ލޭއަޅާ ކުދިންނެއް ނުލިބޭނެއެވެ. އެހެންކަމުން އަލްފާ ތެލަސީމިއާކެރިއަރުންނަކީ ބީޓާ ތެލަސީމިއާ ކެރިއަރުންނަށްވުރެއް ނުރައްކާތެރިކަންކުޑަ ވައްތަރެކެވެ.

ތަލަސީމިއާ މޭޖަރ ނުވަތަ ލޭއަޅާ ބަލިކުދިން

މިއީވަރަށް ޅަޢުމުރެއްގައި އޭގެ އަސަރު ފެންނަންފަށާ ނުރައްކާތެރި ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ގައިގައި ފުދޭވަރަކަށް ހީމޯގުލޯބިން  އުފެއްދައެއްނުދެއެވެ.  މިހެންވުމުންހަށިގަނޑަށްބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ކުއްޖާ ދޮންފޫޑުވެ، ހަށުގަނޑުގެ ދިފާޢީ ނިޒާމްވަރުދެރަވެ، ކުއްޖާގެ ޙާލުދެރަކޮށްލައެވެ. އަދި މިހެންވުމުން އެކުދިންދިރިހުރުމަށްޓަކައި ތަކުރާރުކޮށް ލޭއަޅަން ޖެހެއެވެ.(ލޭ އަޅާ ކުދިން ލިބެނީހަމައެކަނި ދެކެރިއަރުންނަށެވެ.)

ތަލަސީމިއާ އިންޓަރ މީޑިއާ 

މިއީ ލޭއަޅާބަލީގެ ނުރައްކާތެރިކަން ކުޑަވައްތަރެކެވެ.މިފަދަކުދިންނަށް ތަކުރާރުކޮށް ލޭއަޅާކަށް ނުޖެހެއެވެ. ނަމަވެސްމިކުދިންނަށްވެސް ޑަކްޓަރީ ފަރުވާ ގަވާއިދުން ބޭނުންވާނެއެވެ.މިކުދިންނަށްވެސް ހީމޯގުލޯބިން ހުންނަވަރު ދަށަށްދާނަމަ ލޭއަޅަންޖެހޭނެއެވެ.

ލޭއަޅާ ކުއްޖެއްކަން އެނގޭނެ ގޮތަތަކަކީ ކޮބާ؟

ޢުމުރުން 6 މަހާ 12 މަހާ ދެމެދު ކުއްޖާ ދޮންފޫޑުވެ، ލޭމަދުކަން ފާހަގަވުން،

ޢުމުރާ އެކަށީގެންވާ ވަރަށް ބޮޑުނުވުން އަދި ބަލި ބުރަކޮށް ހުންނަކަން ފާހަގަ ކުރެވުން،

ޗިސްމޭ އަދި ހުންކޮށި ދުޅަވެ ބަނޑު ފުއްޕާގޮތަވުން،

ހަށިގަނޑުގެ ބައެއް ކަށިތައްފާޅުވުން، ޙާއްޞަކޮށް ބޮލުގެ ނާށިގަނޑު ފާހަގަ ކުރެވެއެވެ.

ލޭއަޅާކުދިންނަށް ދެވޭފަރުވާ

ގަވާއިދުން ލޭ އެޅުން (މަދުވެގެންމަހަކުއެފަހަރު) ލޭ އެޅުމުގެ ސަބަބުން އިތުރުވާ ދަގަނޑުގެ ބައިނައްތާލުމަށް ޑެސްފަރޯލްގެ ފަރުވާދިނުން، މިއީ ހަފްތާއަކު ފަށްދުވަހުޖަހަން ޖެހޭ އިން ޖެކްޝަނެކެވެ.

ދުޅަވެފައިވާ ހުންކޮށި ނަގަންޖެހިއްޖެ ހާލެއްގައި އޮޕަރޭޝަނަކުން ނެގުން.

މި ބަލި މުޅިން ރަނގަޅު ކުރެވެއެވެ. ނަމަވެސް މީ ވަރަށް އަގުބޮޑި އަދި ހަމައެހެންމެ އެހާ ނުރައްކާތެރިކަންބޮޑު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަން ކުރެވޭނީ ބަލި ކުއްޖާގެ ކަށީގެ މަދާހުރިހާ ގޮތަކުންވެސް ގުޅޭ ކަށީގެ މަދު ލިބިގެންނެވެ. މިގޮތަށް ގުޅޭނީއެއްމާބަނޑު ނުވަތަ އެއްބަނޑު އެއްބަފާ ކުދިން ނާއެވެ. ނަމަވެސް ވަރަށްނާދިރުގޮތެއްގައި އެބަނޑު އެއްބަފާމީހަކާވެސް ގުޅިދާނެއެވެ. މިއޮޕަރޭޝަނަށް ފަހުންވެސް ބަލި ކުއްޖާ ޑަކްޓާރުންގެ ޙާއްޞަ ބެއްލެވުމުގެދަށުގައި އެއް އަހަރަށްވުރެ މަދުނޫން މުއްދަތެއްގައި ގެންގުޅެން ޖެހެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top