ފައިނަލް ސްކޮޑުން ހަމްޕުއަށް ޖާގަ ގެއްލިއްޖެ

ޗެލެންޖްކަޕް ފައިނަލް ސްކޮޑުން ޖާގަހޯދި އޭދަފުށީގެ 3 ކުޅުންތެރިންކަމަށްވާ ސެންޓޭ، ކުޑައްޓޭ އަދި ޝާފިއު. ފައިނަލް ސްކޮޑުން ހަމްޒަތުވަނީ ކަޓާފައި / ފޮޓޯ: ފޭސްބުކް

ޗެލެންޖްކަޕް ފައިނަލް ސްކޮޑުން ޖާގަހޯދި އޭދަފުށީގެ 3 ކުޅުންތެރިންކަމަށްވާ ސެންޓޭ، ކުޑައްޓޭ އަދި ޝާފިއު. ފައިނަލް ސްކޮޑުން ހަމްޒަތުވަނީ ކަޓާފައި / ފޮޓޯ: ފޭސްބުކް

ޗެލެންޖު ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފުޓުބޯޅަ ޓީމުގެ 23 ކުޅުންތެރިން ހިމެނޭ ފައިނަލް ސްކޮޑް މިއަދު އިއުލާންކުރިއިރު އޭދަފުށީގެ ޒުވާން ކުޅުންތެރިޔާ ހަމްޒަތު މުހައްމަދު (ހަމްޕު) ބާކީކޮށްފިއެވެ.

މިއަހަރު އަލަށް ނިއުރޭޑިއަންޓާ ގުޅިފައިވާ ހަމްޕު ސްކޮޑުން ބާކީވިނަމަވެސް ފައިނަލް ސްކޮޑުން ކުރިންވެސް ޖާގަހޯދަމުންއަންނަ އޭދަފުށީގެ 3 ކުޅުންތެރިންކަމަށްވާ މުހައްމަދު ޝިފާން (ކުޑައްޓޭ)، ޝާފިއު އަހްމަދު އަދި އަލީ ފާސިރު (ސެންޓޭ) ޖާގަހޯދިއެވެ. ހަމްޕުގެ އިތުރުން ޖާގަގެއްލުނު އަނެއް 2 ކުޅުންތެރިންނަކީ ކްލަބް އީގަލްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އާއި އެ ޓީމުގެ ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އެވެ

މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޢްލާންކުރި ފައިނަލް ސްކޮޑަށްފަހު ގައުމީ ކޯޗްބުނީ ބާކީކުރި ކުޅުންތެރިންނަށް އަދިވެސް ފުރުސަތު އެބައޮތްކަމަށާ، އަދި ބާކީކުރި ކުޅުންތެރިންވެސް މުބާރާތާ ހަމައަށް ޓީމާއެކު ޕްރެކްޓިސް ކުރާނެކަމަށެވެ.

ރާއްޖޭގެ ގައުމީޓީމްގައި ވޭތުވެދިޔަ 20 އަހަރުދުވަހުގެތެރޭގައި ގަވާއިދުން އޭދަފުށީގެ ކުޅުންތެރިން ހިމެނެމުންދެއެވެ. އަދި ފަހަކަށް އައިސް އާންމުގޮތެއްގައި ފުރަތަމަ 11ގައި އަބަދުވެސް 2 ކުޅުންތެރިން ކުޅެންނުކުންނަކަން ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top