ކަމަދޫއަ މަސްތުވާަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންޓާއި އޭދަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ އެޕްރީލް 18 ވަނަ ދުވަހުގެ 11:30 ހާއިރު ހިންގި އޮޕަރޭޝަނުގައި ބ. އަތޮޅު ރިސޯޓެއްގެ ސަޕްލައިޖެޓީ ސަރަހައްދުންނެވެ.
މިމީހާ ބަލައި ފާސްކުރަން އުޅުމުން އޭނާ ވަނީ އޭނާގެ އަތުގައި އޮތް ރަބަރު ޕެކެޓް މޫދަށް އެއްލާލާފައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހާޒިރުގައި އެ ރަބަރު ޕެކެޓް ނަގާ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިން ކޮޅެއް ފެނިފައިވެއެވެ.
މި މައްސަލަ އާއި ގުޅިގެން މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 07 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.