15 މިނިޓް ތެރޭގައި ނަތީޖާލިބޭ ކޮވިޑް ޓެސްޓު ހެދުމުގެ ހުއްދަ މެޑްޓެކަށް !

Screenshot-2020-09-04-at-18.12.02-850x548.png

އެންމެ 15މިނިޓް ތެރޭ ކޮވިޑްގެ ނަތީޖާ ލިބ،ޭ އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރު ކުރި “ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑު” ނުވަތަ ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މެޑްޓެކް މޯލްޑިވްސް އަށް ދީފި އެވެ.

މެޑްޓެކް މޯލްޑިވްސް އަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.

މެޑްޓެކުން ބުނީ އެބޮޓް ބްރޭންޑްގެ އެންޓިޖެން ޓެސްޓް ކިޓު ބޭނުންކޮށްގެން ކޮވިޑް 19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށާ އަދި މި އިންތިޒާމު ހަމަޖައްސާފައިވަނީ އެޗްޕީއޭއިން އެކުލަވާލައި އާންމު ކޮށްފައިވާ އުސޫލުގެ ދަށުން ކަމަށެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުން މި ޓެސްޓް ހެދޭނީ ކޮވިޑްގެ އަލާމާތްތައް ފެންނަތާ ހަތް ދުވަހުގެ ތެރޭގައެވެ. ކޮވިޑުގެ އަލާމާތްތައް ފެންނަތާ ފަސް ދުވަސް ފަހުން ޓެސްޓް ހަދައިގެން ނެގެޓިވް ނަތީޖާއެއް ލިބުނު ކަމުގައި ވިޔަސް ޕީސީއާރު ޓެސްޓެއް ހަދައިގެން ނަތީޖާ ކަށަވަރު ކުރަން ވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ވާކަމަށް މެޑްޓެކުން ބުނެއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ މި ޓެސްޓް ހެދުމުގެ ހުއްދަ ވަކި ބަޔަކަށް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުގައި ހިމެނޭ ޝަރުތުތައް ހަމަވާ ކޮންމެ ފަރާތަކަށްވެސް މި ޓެސްޓް ހެދޭނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

އެމެރިކާ އާއި ޔޫރަޕުން މިހާރު ވެސް ބޭނުން ކުރަމުން އަންނަ މި ޓެސްޓް ކިޓްތައް ރާއްޖެއަށް ތައާރަފު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އޭރު މި ކިޓްތައް ބޭނުން ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވެއެވެ. މި ކިޓްތައް ބޭނުން ކުރުމުގެ ހުއްދަދީ، އެކަމަށް ހާއްސަ އުސޫލެއް އެޗްޕީއޭއިން އެކުލަވާލީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top