މިސްކިތް ތަކުގައި ގާރީ ކިލާސް ހިންގުމުގެ ފުރުސަތު

0-02-03-c35f91f9844bc404afe619e106c5df7e3faf5bc3a06489a720e5b29ec3b08c7d_273ce86d205-1.jpg

ރާއްޖޭގެ މިސްކިތްތަކުގައި ހިލޭސާބަހަށް ޤުރްއާން ކިލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ވިދާޅުވީ، ހިލޭސާބަހަށް ޤުރްއާން ކިލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުން “މިސްކިތު ޤާރީ ކްލާސް ފޯމް” ފުރިހަމަކޮށް އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ 14.00ގެ ކުރިން ހުށަހެޅުމަށް އެދޭ ކަަމަށެވެ.

ދެ ނަމާދު ދޭތެރޭގައި މިސްކިތްތަކުގައި ގާރީ ކިލާސްތައް ހިންގުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވަނީ  މީގެ ކުރިން ވިދާޅުވެފައެވެ.

ޝަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި އޭރު ވިދާޅުވީ މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ގާރީ ކިލާސް ހިންގުމަށް ހުއްދަ ދޭނެ ކަމަށާއި، މި ކިލާސްތަކުގައި އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރްއާން ދަސްކޮށްދޭނެ ކަމަށެވެ.

ކީރިތި ޤުރްއާން ކިޔެވޭނެ ކިލާސްތައް މާލޭގެ އިތުރުން ބައެއް ރަށްރަށުގައި މީގެ ކުރިންވެސް ވަނީ ހިންގާފަ އެވެ. ނަމަވެސް ދެމެހެއްޓެނިމި ގޮތެއްގައި އެފަދަ ކިލާސްތައް ހިލޭ ހިންގިފައެއް ނުވެއެވެ.

ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކްލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top