މިއަދު ރާއްޖޭގެ ބައެއް ސަރަހައްދަށް 43 ޑިގްރީއަށް ހޫނުގަދަވި !

img_md_202204170849441650210584.4972.jpg

ރާއްޖޭގެ ފިނި ހޫނިމިން ފެންނަ ޗާޓެއް / ޗާޓް: މެޓް އޮފީސް

މިއަދު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވުނު ފިނި ހޫނުމިން 43 ޑިގްރީ ސެލްސިއަސްއަށް އެރި ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން އާންމު ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި މިއަދު އެންމެ ހޫނުގަދަވެފައި ވަނީ ހުޅުލެ އާއި ހދ. ހަނިމާދޫ އަށެވެ. ހުޅުލޭގެ ފިނިހޫނުމިން 33.5 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް އިހުސާސްވާ ފިނިހޫނު މިން ހުރީ 43.3 ޑިގްރީ ސެލްސިއަަސްގަ އެވެ.

ހަނިމާދޫގެ ފިނިހޫނުމިން 32 ޑިގްރީ ސެލްސިއަސްގައި ހުރި އިރު އިހުސާސް ކުރެވޭ ފިނިހޫނުމިން ހުރީ 41.9 ޑިގްރީ ސެލްސިއަސްގައި ކަމަށް މެޓުގެ ރެކޯޑުތަކުން ދައްކަ އެވެ.

ދެކުނުގެ ކައްދޫ، ކާޑެއްދޫ އަދި ގަމަށް ފިނިހޫނުމިން ރެކޯޑުކުރެވިފައި ވަނީ 31-32 ޑިގްރީ ސެލްސިއަސްގައެވެ. ނަމަވެސް ފިނިހޫނުމިން އިހުސާސް ކުރެވިފައި ވަނީ 38-39 ޑިގްރީ ސެލްސިއަސްގައެވެ.

މެޓް އޮފީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި 1992 ވަނަ އަހަރުން ފެށިގެން ރެކޯޑްކޮށްފައިވާ ފިނިހޫނުމިނުގެ ޑާޓާތަކުން، ކޮންމެ އަހަރެއްގެ އޭޕްރީލް މަސްތެރޭ ރާއްޖޭގެ ފިނިހޫނުމިން 29.7 ޑިގްރީ ސެލްސިއަސްއަށް އެވަރެޖްކޮށް މައްޗަށް އަރައެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ ބައެއް ރަށްރަށަށް ކޮންމެވެސް މިންވަރަކަށް ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް ޖުމްލަަކޮށް ހުރިހާ ސަރަހައްދެއްގެ މޫސުން ރަނގަޅުވާނެ ކަމަށެވެ.

މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top