އޭދަފުށީގައި ހުންނަ އަމާންވެށީގައި ދިރިއުޅޭ ކުދިންނަށް ރޯޔަލް އައިލެންޑް ރިސޯޓުން ވޮކޭޝަނަލް ޓްރެއިނިންގ ފީލްޑް ޓްރިޕެއް ބާއްވައިފި އެވެ.
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ވޮކޭޝަނަލް ޓްރެއިނިންގައި ވަނީ ފަތުރުވެރިކަމާ ގުޅޭ މުހިންމު މައުލޫމާތު ކުދިންނާ ހިއްސާކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ މި ފީލްޑް ޓްރިޕް ކުރިއަށްގެންގޮސްފައިވަނީ ކުދިންނަށް މަޖާކޮށް އަދި އެކުވެރި މާޙައުލެއްގައެވެ. މިކަމުން ކުދިންނަށް ވަނީ އާ ތަޖުރިބާތަކެއް ހޯދައި، އައު ކަންތައްތަކެއް ދަސްކުރުމުގެ ފުރުޞަތު ލިބިފައެވެ.
މި ޓްރެއިނިން ފީލްޑް ޓްރިޕްގައި ޖުމްލަ 17 ކުދިން ބައިވެރިވިއެވެ.