މޮނިޓަރިންގ ގައި އޮއްވާ އޭދަފުށިން ރިސޯޓަކަށް ދިޔަ ބައެއްގެ މައްސަލަ ފެންމަތި ވެއްޖެ!

DSCN3341.jpg

އޭދަފުށި ބަނދަރުމަތި.

ކޮވިޑް-19ގެ ވަބާ އޭދަފުށީގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ރަށަށް އަރައިފޭބުން މަނާކޮށް އަދި ވަކި ގަޑިތަކެއްގައި ކާފިއު ހިންގާފައިވަނިކޮށް އޭދަފުށީގެ އާއިލާ އެއްގެ ބަޔަކު ހުއްދަ ނެތި ކައިރި ރިސޯޓަކަށް ދިޔަ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މިއީ ހިނގާފައިވާ ކަމެއްކަން އޭދަފުށީ ކައުންސިލުން ވަނީ ޔަގީންކޮށް ދެއްވާފައެވެ.

“މީގެ ދެދުވަސްކުރިން ހިނގާފައިވާ ކަމެއްް އެއީ. އެކަން ކައުންސިލަށް އެނގުނު ވަގުތުން ފެށިގެން އަޅުގަނޑުމެން ވާނީ އޭދަފުށި ޕޮލިސްއާ ހިއްސާ ކޮށްފައި” ކައުންސިލް މެންބަރު ވިދާޅުވިއެވެ.

ކައުންސިލަރު ވިދާޅުވީ އެމައްސަލަ ކައުންސިލުގެ ފަރާތުން ޕޮލިހުން ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ކުރިއަށް އެބަގެންދަވާ ކަމުގައެވެ.

މޮނިޓަރިންގ ހާލަތުގައި ވާ ރަށްރަށުގެ މީހުން އެއް ރަށުން އަނެއް ރަށަށް ދެވޭނީ ޚާއްސަ ހާލަތް ތަކުގައި ޚާއްސަ ހުއްދައަކާވެސް އެކުގައެވެ. މިއުސޫލާ ޚިލާފުވާ ފަރާތްތަކުން ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރެވޭނެކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top