ކައުންސިލް އިންތިޚާބު އޭޕްރީލް 4 ގައި

big_WppjXfd6mSEnr2X3rGhsuvZ2j.jpg

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް 4 ގައި ބާއަވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރެވޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށްވެސް އީސީ އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބައެއްް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ ޢިއުލާންކޮށްފަ އެވެ.

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top