ޑރ.ޒިޔާދަކީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ނަޒާހަތްތެރި ބޭފުޅެއް- ޑރ.ޝަހީމް

big_asXgVjX0CTZirqdKiPAgdW9LJ.jpg

ޑރ.އަހުމަދު ޒިޔާދު--ފޮޓޯ :ޕީއެސްއެމް

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އޭދަފުއްޓަށް އުފަން ޑރ.އަހުމަދު ޒިޔާދަކީ އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ނަޒާހަތްތެރި ބޭފުޅެއް ކަމުގައި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ، ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ވަގުތެއްގައި ކަން ފާހަގަ ކުރެވެ އެވެ

ޑޮކްޓަރު އަހުމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަނަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން ދައުލަތަށް އެއްވެސް ފައިދާއެއް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ވަނީ ޑރ.ޒިޔާދުގެ މައްޗަށް އުފުލާފަ އެވެ. މި ކުށް ސާބިތުވެއްޖެނަމަ ޒިޔާދުގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިޔާދުގެ މައްޗަށް މި ދައުވާ ކުރަން ފޮނުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރގެ މަގާމު ކުރިން ފުރިއްވާފައިވާ ޑރ. ޝަހީމް ވަނީ ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އޭނާއަށް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި ޒިޔާދަކީ އިސްލާމީ އިލްމު އުނގެނިގެން ހުންނެވި، ދީނަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަޒާހާތްތެރި ބޭފުޅެއްކަމަށެވެ.

“ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އެމަނިކުފާނަށް ކާމިޔާބު ދެެއްވުން އެދި ދުޢާކުރަން. އަޅުގަނޑު އަބަދުވެސް ދެކެނީ އެމަނިކުފާނަކީ ނަޒާހަތްތެރި، އިލްމީ، އަދި އިސްލާމްދީނަށް ގިނަ ޚިދުމަތްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައި.” ޝަހީމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top