އިޔާދަކުރަނި ހަކަތަ އާންމުން ބޭނުންކުރާ މިންވަރު އިތުރު ކުރަން ސަރުކާރުން އިއުލާން ކޮށްފައި އޮތް “މަގޭ ސޯލާ” ޕްރޮގްރާމް މިއަދު ރަސްމީކޮށްއިފުތިތާހުކޮށްފި އެވެ.
މި ޕްރޮގްރާމް އިފުތިތާހުކުރީ ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒި ތިލަދުންމައްޗަށް ފެއްޓެވި ދަތުރުގެ ތެރެއިން ދެވަނަ ރަށަކަށް ވަޑައިގެންނެވި ފިއްލަދޫގަ އެވެ.
ފެނަކައާއި ހަވާލުކޮށްގެން ކުރިއަސް ގެންދާ މި ޕްރޮގްރާމް މިއަދު ފިއްލަދޫގައި އިފްތިތާހު ކޮށްދެއްވުމާއެކު ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
”މަގޭ ސޯލާ“ ޕްރޮގްރާމަކީ ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ފިއްލަދޫގައި މި މަޝްރޫޢު ފެށުމާއެކު، ރަށުގެ ކަރަންޓުގެ ބޮޑު ބައެއް އިއާދަކުރަނިވި ހަކަތައިން އުފެއްދޭނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ކަރަންޓުގެ ޚަރަދު ދަށްވާނެ ކަމަށް އުންމީދު ކުރެވެ އެވެ..
މި ސަރުކާރުން އިއާދަކުރަނިވި ހަކަތައަށް ދޭ އިސްކަމުގެ ތެރެއިން މި ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.