ކުރިއަށް އޮތް ދެ އަހަރުވެސް ގައުމީ ދުވަސް ފާހަގަކުރުން އުތީމުގައި

IMG_5005-2048x1365-1.jpg

ކުރިއަށް އޮތް ދެ އަހަރު ވެސް ރަސްމީކޮށް ގައުމީ ދުވަސް ހއ އުތީމުގައި ފާހަގަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް، މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ އުތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމުގައި ކުރީގެ ސަރުކާރުތަކުން ވިސްނި ގޮތާއި ތަފާތުކޮށް އެމަނިކުފާނު ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި އެގޮތުން މީގެކުރިން މިކަން ކުރަމުން އަންނަނީ އާދައިގެ ގޮތަކަށް ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މުހިއްމު މަޝްރޫއެއްގެ ގޮތަށް ގައުމީ ދުވަސް ފާހަގަކުރުން ކުރިއަށް ގެންދަން ކަމަށާއި އެގޮތުން އެކަން ކުރާނީ އުތީމު ގަނޑުވަރާއި އަދި އެ ރަށުގައި ހުރި ތާރީހީ ތަންތަނާއި އެކި ކަހަލަ ގައުމީ ޕްރޮގްރާމްތައް ހިމަނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަސް ފާހަގަކުރަން މީގެކުރީގެ ސަރުކާރުތަކުން ނުދޭ ސަމާލުކަން މި ސަރުކާރުން ދީގެން، ކުރިއަށް އޮތް ދެ އަހަރު ގައުމީ ފެންވަރެއްގައި އެ ދުވަސް އުތީމުގައި ފާހަގަކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

“އަޅުގަނޑު ގަސްދުކުރަނީ ދެ އަހަރުގެ މަޝްރޫއެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދަން. އޭގެ ނަތީޖާއަކަށް ވާނީ ފިކުރީ ގޮތެއްގައި ގައުމީ ވިސްނުން ފެތުރުމުގައި މި ރަށުން އަދާކުރެވޭނެ ފުރިހަމަ ދައުރު އަދާކުރަން މަގުފަހިކޮށްދިނުން،” ރައީސް ވިދާޅުވި އެވެ.

އުތީމަކީ ގައުމީ ދުވަސް އެބޭފުޅަކަށް ހާއްސަ ކުރެވިފައިވާ އުތީމު އަލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ގެ ރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top