ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އާއިލާއިން މިއަހަރުގެ ރޯދައަށްވެސް އޭދަފުށީ ރައްޔިތުންނަށް، ކާޑުގެ ބާވަތްތައް ދޭން ނިންމައިފި އެވެ.
އެއާއިލާއިން ބުނީ ވަކި އާއިލާއެއް ނުވަތަ ވަކި މީހެއް އިސްތިސްނާއެއްނެތި އޭދަފުށިގެ ހުރިހާ ރައްޔިތުންނަށްވެސް މި އެހީ ފޯރު ކޮށްދޭނެ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ހަނޑުލާއި ހަކުރާއި ފުށް އޭދަފުށި ދެވިނަގެއިން ދޫކުރަމުން ގެންދާނެ އެވެ.
އެގޮތުން މާދަމާ ގެ އިތުރުން އަންގާރަ ދުވަހުވެސް ހެނދުނު 8:30 އިން ފެށިގެން ނަމާދު ވަގުތު ފިޔަވައި، ހަވީރު 5:00 އާއި ހަމައަށް ކާޑު ދޫކުރަމުން ގެންދާނެ ކަމަށް އާއިލާއިން މައުލޫމާތު ދެއްވައެވެ.