ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބާއްވައިދޭނެ ރަށްރަށް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ގޯލްޑް ކަޕްގައި މިފަހަރު ޖުމްލަ 28 ޓީމަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް މި މުބާރާތް ބާއްވަމުން އަންނަ، ނައިންޓީ ޕްލަސްއިން ނިންމާފައިވެއެވެ. މި 28 ޓީމުގެ ތެރެއިން 18 ޓީމު ކަނޑައެޅޭނީ ކޮލިފައިން މެޗުތައް ކުޅެގެންނެވެ.
މިފަހަރުގެ މުބާރާތައް ޖާގަ ކަށަވަރުވެފައި ވަނީ 10 ޓީމަށެވެ. އެއީ މިދިޔަ އަހަރުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އަށް ޓީމުގެ އިތުރުން، މި ފަހަރު ކުޅުދުއްފުށީ ސިޓީ އާއި ތިނަދޫ ސިޓީން ނެރޭ ޓީމަށެވެ. އެ ދެ ސިޓީން ޓީމެއް ނެރުމުގެ ދައުވަތު މިހާރު ވަނީ ދީފައެވެ.






