ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ. މިއީ މިމަހުގެ ތެރޭގައި ތެލުގެ އަގު ބޮޑު ކުރި ދެވަނަ ފަހަރެވެ.
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމުން ކުރިން 10.97 އަށް ވިއްކަމުން އައި ޕެޓްރޯލް ލިޓަރެއް އިއްޔެއިން ފެށިގެން ވިއްކަމުން ގެންދަނީ ލިޓަރަކުން 42ލާރި ބޮޑުކޮށް 11.39އަށެވެ. އަދި ކުރިން 11.43 އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް އިއްޔެއިން ފެށިގެން ވިއްކާނީ ކުރިން ވިއްކަމުން އައި އަގަށް ވުރެ ލިޓަރަކުން 66 ލާރި ބޮޑުކޮށް 12.09 އަށެވެ.
އެސްޓީއިން ބުނެފައިވަނީ ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން އެސްޓީއޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމުގައެވެ.
މިއީ އެ ކުންފުނިން ތެލުގެ އަގު މި އަހަރުގެ ތެރޭގައި ބޮޑުކުރި ހަ ވަނަ ފަހަރެވެ.