ފޮޓޯއިން ހަބަރު: ބ. އަތޮޅު ޔުނިޓީ ފުޓްބޯލް ޗެލެންޖް ފަށައިފި

17021829_920602408042566_7709242457518979791_n.jpg

ބ. އަތޮޅު ޔުނިޓީ ފުޓްބޯލް ޗެލެންޖް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓީބީީ

ބ. އޭދަފުށި (1 މާރޗް 2017): ކްލަބް ދަ ބިގިނާސް އިން އިންތިޒާމްކޮށްގެން ބާއްވާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖް 2017 މުބާރާތް އޭދަފުށީގައި ފަށައިފިއެވެ.

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ފެށި މިމުބާރާތުގައި އިއްޔެ 2 މެޗް ކުޅުނެވެ. ފުރަތަމަ މެޗްގައި މާޅޮސް ޔޫތު ކްލަބާ، ފެއިމްސް ޔުނައިޓެޑް ބައްދަލުކޮށް 6-1 ގެ ނަތީޖާއަކުން ފެއިމްސް ޔުނައިޓެޑް މެޗް ކާމިޔާބުކުރިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފެއިމްސް ޔުނައިޓެޑްގެ ޖާޒީ ނަންބަރު 9 އަބްދުލް ސަލާމް ހާމިދެވެ.

ދެވަނަ މެޗްގައި ބައްދަލުކުރީ ކޮކޯޕާމް ރިސޯޓާއި ރީތި ބީޗް ރިސޯޓެވެ. މި މެޗް 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޮކޯޕާމް ރިސޯޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިުވީ ކޮކޯޕާމް ރިސޯޓުގެ ޖާޒީ ނަންބަރ 9 އާސިފް އުސްމާނެވެ.

މުބާރާތުގެ ބައެއް ފޮޓޯތައް ތިރީގައި އެވަނީއެވެ. ފޮޓޯ: ކްލަބް ދަ ބިގިނާސް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top