އިންޑިއަލް އައިޑޮލް ކާމިޔާބުކުރީ ޕަވަންދީޕް

Pawandeep-win-1200.jpg

ސޮނީ ޓީވީން ދައްކަމުން އައި އިންޑިއަން އައިޑޮލް 12ގެ އެއްވަނަ، އިންޑިއާގެ އުއްތަރަކަންދަށް ނިސްބަތްވާ ޕަވަންދީޕް ރާޖަން ކާމިޔާބު ކޮށްފި އެވެ.

ޕަވަންދީޕް މި ޝޯ ކާމިޔާބު ކުރީ ފައިނަލްގައި އިތުރު ފަސް ބައިވެރިންނާއި ވާދަކޮށްގެންނެވެ

އިއްޔެ މެންދުރު 12އިން ފެށިގެން ރޭ 12 ޖެހުމާ ހަމައަށް ކުރިއަށް ދިޔަ ގްރޭންޑް ފިނާލޭ ޝޯގައި ވަނީ މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތަކަކާ އެކު މަޝްހޫރު ފިލްމީ ތަރިންނާއި ގިނަ ލަވަކިއުން ތެރިންވެސް ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ދެތަރިން ކަމަށްވާ ސިދާތް މަލްހަތްރާ އާއި ކިއާރާ އަދުވާނީ ގެ އިތުރުން ލަވަކިއުންތެރިންގެ ތެރެއިން އަލްކާ ޔަގްނިކް، މިކާ ސިންހް، އަމިތް މިޝްރާ، ޖާވިދު އަލީ، ކުމާރު ސާނޫ ހިމެނެއެވެ.

އިންޑިއަން އައިޑަލް ކާމިޔާބު ކުރުމާއެކު ޕަވަންދީޕަށް ވަނީ އައިޑަލްގެ ޓްރޮފީގެ އިތުރުން 25 ލައްކަ ރުޕީސް އާއި މަރޫޓީ ސުޒުކީ ކާރެއްވެސް ލިބިފައެވެ.

ޝޯގެ ދެވަނަ ލިބުނީ ޕަވަންދީޕާ އެންމެ ގާތުން ވާދަކުރި އަރުނީތާ އަށެވެ. ތިންވަނަ ސަޔާލީ އަށް ލިބުނުއިރު ހަތަރު ވަނަ ލިބުނީ މުހައްމަދު ދާނިޝް އަށެވެ. އައިޑަލްގެ ފަސްވަނަ އަށް ނިހާލް ޓާރޯ ދިޔައިރު ހަވަނަ ލިބުނީ ޝަންމުކާޕްރިޔާ އަށެވެ.

“އިންޑިއަން އައިޑަލް 12” ރޭ ނިންމައިލީ ޝޯ ފެށިތާ އަށް މަހަށްވުރެ ދިގުވެގެން ދިޔަ ފަހުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top