ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ: ޑރ.ޝަހީމް

119978387_759827548199616_3742561817913643762_n.jpg

ޑރ.ޝަހީމް --ފޮޓޯ :ޕީޕީއެމް މީޑިއާ

ކޮވިޑް-19 ގެ ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ ކަމަށާއި އެއީ ކެއިންބުއިމުގެ މަފްހޫމްގެ ތެރޭގައި ހިމެނޭ އެއްޗަކަށް ނުވާތީ އެވެ. އަދި ކެއިންބުއިން ހަށިގަނޑަށް ވަންނަ ތަބީއީ މަގުން ހަށިގަނޑަށް އެތެރެވާ އެއްޗަކަށް ނުވާތީ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ދިނުން ރޯދަ މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑެވެ.

ޑރ. ޝަހީމަކީ ރަމަޟާން މަހުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާ ބޭފުޅެކެވެ. އެގޮތުން ގިނަ އަހަރު ތަކެއްގައި އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދުވެސް ޑރ. ޝަހީމް ކުރައްވާފައި ވެއެވެ. މިދިޔަ ރޯދަމަސް ދިމާވީ ކޮވިޑްގެ ފުރަބަންދުގެ ދުވަސްވަރާ ކަމަށްވާތީ ޝަހީމްގެ ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާފައި ވަނީ އޮންލައިން ކޮށެވެ. ޝަހީމްގެ އޮންލައިން ދަރުސު ތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަކަން ފާހަގަ ކުރެވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top