ކަރަންޓީނުގައި ނެތް މީހަކު އުނގޫފާރުން ޕޮޒިޓިވް ވެއްޖެ! ރަށަށް އަރައިފޭބުން މަނާ !

Raa-Ungoofaaru.jpg

ކަރަންޓީނުގައި ނެތްމީހަކު ރ. އުނގޫފާރުން ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގއަށް ލައިފި އެވެ.

އެޗްޕީއޭ އިން ބުނީ އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު ވިދާޅުވީ، ކަރަންޓީންގައި ނެތް އަންހެނަކު އެރަށުން ފައްސިވިކަން އެނގުނީ މިއަދު ކަމަށެވެ. އަދި އުމުރުން 50 އަހަރުގެ އެ މީހާއަކީ އިއްޔެ ބަލީގެ އަލާމާތްތައް ފެނިގެން ވަކި ތަރުތީބެއް ނެތި ނެގި ސާމްޕަލްތަކުގެ ތެރެއިން ކޮވިޑަށް ފައްސިވި މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްނާސިރް ވިދާޅުވީ، އަދި ފައްސިވީ އެކަކު ކަމަށާއި، އެ މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 65 މީހަކު ވަނީ ނިޔާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top