މިމަހު އުނގޫފާރުން ފުރިމީހުން ކަރަންޓީން ވާން އަންގައިފި

91ndYMsHhBbEoEs4enbqEVUZ4HX87DbxMCwujo5b.jpeg

ރ. އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސް ތަކެއް ފެނިފައިވާތީ މި މަހު 2 ވަނަ ދުވަހުގެ ފަހުން އުނގޫފާރަށް ގޮސް އައިސްފައިވާ މީހުން ދިހަ ދުވަހަށް ކަރަންޓީން ވުމަށް އެޗްޕީއޭ އިން އަންގައިފިއެވެ.

ރޯގާ ޖެހިގެން އުނގޫފާރު ފުލޫ ކްލިނިކަށް ދެއްކި އަންހެނަކު އިއްޔެ ޕޮޒިޓިވް ވުމުން އެރަށް ވަނީ އިއްޔެ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި މިއަދު ވަނީ އެރަށުން އިތުރު ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވާތީ މިހިނގާ މާރިޗް މަހުގެ 2ވަނަ ދުވަހުގެ ފަހުން އުނގޫފާރަށް ދަތުރު ކުރި އެންމެން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގެވުމަށް ފަހު ކަރަންޓީން ވާން އެދޭ ކަމަށެވެ. އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.

އަދި 2 މާރިޗް 2021 ގެ ފަހުން އުނގޫފާރުން މާލެއަށް އައިސްފައިވާ މީހުންވެސް މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސުންކު ނެންގެވުމަށް އެޗްޕީއޭ އިން އެދެއެވެ.

ނަތީޖާ ނައްސި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާކުރެއްވުމަށްވެސް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top