އަޑުފޮށި: ކްލަބް އޭދަފުށި މިއަހަރު ދޮންފަނު އިންވިޓޭޝަން ކަޕްގައި ބައިވެރިނުވީ ކީއްވެ؟

25395020_1966444263643575_7211127409909729339_o.jpg

ފޮޓޯ :ދޮންފަނު އިންވިޓޭޝަން ކަޕް-އެފް ބީ

ނޯޓް :”އަޑުފޮށި މި ސެގްމަންޓަކީ ބ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޖަވާބު ލިބުން ބޭނުންވާ ސުވާލުތަކެއް ހުށަހަޅާލުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ސެގްމެންޓެކެވެ. ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ކުރަމުން ގެންދާ ކަމަކަާ ބެހޭ ގޮތުން ކަމަށް ވިޔަސް އެއީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްކަމުގައިވާނަމަ އެކަމުގެ މައުލޫމާތު މި ސަފްހާ މެދުވެރިކޮށް ހިއްސާ ކުރާނަމުއެވެ.

މިފަހަރުގެ ސުވާލު އަމާޒުކުރެވިފައިވަނީ ކުޅިވަރުގެ މައިދާނުގައި ފަހަކަށް އައިސް އޭދަފުށި ތަމްސީލް ކުރަމުން އަންނަ “ކްލަބް އޭދަފުށި” އަށެވެ. އުފެދުނުތާ އަދި ދެއަހަރެއްހާ ދުވަސްވީ ކްލަބް އޭދަފުއްޓަކީ ކުޅިވަރުގެ ރޮނގުން ފުޓްބޯޅަ އާއި ބެޑްމިންޓަން ގައި ފާހަގަކޮށްލެވޭ ކާމިޔާބުތަކެއް އޭދަފުއްޓަށް ހޯދާދީފައިވާ ކްލަބެކެވެ. މިދިޔަ އަހަރު އޮތް ދޮންފަނު އިންވިޓޭޝަންކަޕް ކާމިޔާބުކުރުމާއި، މިއަހަރު ބ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި ބ. ފުޓްބޯޅަ ޗެލެންޖް އޭދަފުއްޓަށް ކާމިޔާބުކޮށްދިނުމާއި ބެޑްމިންޓަންގައި ގައުމީ ފެންވަރުގެ ކާމިޔާބީތައް މިދިޔަ ދެއަހަރު ހޯދާފައިވާކަން ވެސް ލިސްޓުގައި ހިމަނާލަން ޖެހެއެވެ.

ސުވާލު: މިދިޔަ އަހަރު އޮތް ދޮންފަނު އިންވިޓޭޝަން ފުޓްބޯޅަ މުބާރާތުގައި ތިޔަކްލަބުން ބައިވެރިވެ ޗެމްޕިއަންކަން އޭދަފުއްޓަށް ހޯދާދީފައިވެއެވެ. މިމުބާރާތަކީ ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް ވަރަށް ރަނގަޅު މުބާރާތެއްކަމަށް އޭރު ތިޔަކްލަބުން ބުންޏެވެ. އެހެންނަމަވެސް ކުއްލިއަކަށް މިއަހަރު އަޑުއިވުނީ ދޮންފަނު މުބާރާތުގައި ބައިވެރިވާން ބޭނުން ނޫންވާހަކައެވެ. މިކަމާ ޒުވާނުން ހިތްހަމަނުޖެހުން ފާޅުކުރިވެސްމެއެވެ. އަދި ފަހުން އެހެން ކްލަބެއްގެ ނަމުގައި އޭދަފުށީ ޓީމް ބައިވެރިވީއެވެ. މިއަހަރުގެ މުބާރާތުގައި ކްލަބް އޭދަފުށި ބައިވެރިނުވީ ކީއްވެތޯ؟

ޖަވާބު: ”ފުރަތަމަ ކަމަކީ މުބާރާތުގައި ބައިވެރިވާން ދައުވަތު ފޮނުވިއިރު މުބާރާތުގެ ގަވާއިދެއް ނުފޮނުވާ. މިދިޔަ ފަހަރުވެސް ޖެހުނު މައްސަލައަކީ ގަވާއިދެއް ނުފޮނުވާ ތިބެ ބައިވެރިވީމާ އޭދަފުއްޓަށް ޑިސް އެޑްވާންޓޭޖްވާ ހުރިހާ ގޮތެއް ހެދީ. އޭދަފުށިގައި ތިބޭނީ ބ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިން. އޭގެ ތެރެއިން މޮޅު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެ ގޮތް ހަދަން އެމީހުން ބޭނުންވީ. އެތަޖުރިބާއަށް ބަލާފައި މިފަހަރުވެސް އެފަދަ ގޮތަކަށް ކަންތައް ދިމާވެދާނެ ކަމަށް ބެލީ.

ދެވަނަ ކަމަކީ ދައުވަތު ލިބުނު އިރު މިނިވަން ޗެމްޕިއަންޝިޕް އޮތީ ބޯމަތީގަ. މިހާރުވެސް އެކަންއޮތީ އެހެން. އަދިވެސް މިތިބީ ވާނުވާ ނޭނގި. އެހެންވީމާ ފުށުއެރުން ތަކެއް އެބަހުރި. އަހަރެމެންނަށް މުހިއްމުވާނީ މިނިވަން ޗެމްޕިއަންޝިޕް، މިހާރުގެ ބަހުން ބުނާނަމ ޖަޒީރާ މުބާރާތް އެއީ އަހަރެމެން ދާން ޖެހޭ ޓާގެޓަކީ. ދޮންފަނު މުބާރާތަކީ ފުޓްބޯޅައިގެ ފިއުޗަރއެއް ނޫން. ފިއުޗަރ އޮތީ އެފްއޭއެމް އިން ރާވައިގެން ހިންގާ މުބާރާތް ތަކުގަ. މިނޫން ސަބަބުތަކެއްވެސް އެބަހުރި.” ނަންޖެހުމަށް އުޒުރުވެރިވަމުން ”ކްލަބް އޭދަފުށި ” ބޯޑު މެންބަރަކު މައުލޫމާތު ދެއްވިއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު