އުމްރާއަށް ގޮސްއުޅުނު ރ.މީދޫ މީހަކު ނިޔާވެއްޖެ!

b_bP6xB6l1OHe79SLhCHMepXpQh.jpg

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ސައީދު --- ފޮޓޯ: ޒަމްޒަމް ގުރޫޕް

އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ރ. މީދޫ/ ކަގީ, ސައީދު ޔޫސުފް, 71އ. މިއަދު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަރުހޫމް ސައީދު އުމްރާގެ އަޅުކަމަށްގޮސްފައިވަނީ ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވަލްގެ ފަރާތުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދުގެ ނިޔާވީ ވަރަށް ބޮޑަށް ގޭސްޓްރިކްވެގެން މެޔަށް ތަދުވާތީ، މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލަށް މީގެ ތިން ދުވަސް ކުރިން ދައްކައި ފަރުވާ ހޯދަމުން އަންނަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެންނެވެ.

ޒަމްޒަމް ގްރޫޕްގެ ފަރާތުން މިހާރު އަންނަނީ ޖަނާޒާގެ ކަންކަން ފުރިހަމކޮށް މިއަދުގެ ވަގުތެއްގައި މަސްޖިދުލް ހަރާމް ގައި ސައީދުގެ މައްޗަށް ކަށުނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ ބަަލަމުންނެވެ.

ސައީދު ނިޔާވީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެއަށް އަންނަން ތައްޔާރުވަމުންދަނިކޮށެވެ.

ރޯދަމަހު އުމްރާއަށް ގޮސް އުޅެނިކޮށް އޭދަފުށީ އަބޫބަކުރު ހަސަންވެސް ވަނީ ނިޔާވެފައިވެ އެވެ.

ރ. މީދޫ ކައުންސިލުގެ ރައީސް ހަސަން ޝަރީފު މިއަދު ވިދާޅުވީ, ސައީދު އުމްރާއަށް ދިޔައީ އާއިލާގެ ބައެއް މެންބަރުންނާއެކު ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top