އޭދަފުށި ދާއިރާ ،ބަދަލަކަށް ބޭނުމެއް ނުވި

ފޮޓޯ-800x504-800x504.jpg

“ބަދަލަކަށް އަހަރެމެން ބޭނުން “މިއީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ގޮނޑީގައި ވޭތުވެ ދިޔަ ދެ ދައުރުވެސް އިންނެވި އަހުމަދު ސަލީމުއާ ވާދަކުރުމަށް އަލަށް ނުކުންނެވި އަހުމަދު އާރިފްގެ ކެމްޕޭންގައި އެންމެ ބާރަށް އިވުނު އަޑެވެ. އަހުމަދު ސަލީމު ވިއްކެވީ ދާއިޜާގެ މެންބަރަކަށް ހުންނަވަން ޖެހޭނީ ދާއިރާގެ ރައްޔިތެއްކަމާއި ރައްޔިތުންގެ ވިންދާ އިހްސާސްތައް އެންމެ ބޮޑަށް އެނގޭނީ ދާއިރާގެ ރައްޔިތަކަށް ކަމުގައެވެ.

ރެއާދުވާލު ފޯރިއާއެކު ދެ ކެންޑިޑޭޓުންގެ ފަރާތުންވެސް ކެމްޕޭން ކުރަމުން ގޮސް ކެމްޕޭން ނިންމާލި އިރު އިންތިޚާބުގައި ކުރިހޯދާނީ ކާކުކަން ޔަގީންކަމާއެކު އެކަކަށް ވެސް އޮތީ ބުނަން ނޭގިފައެވެ. ކެމްޕޭން ދިޔައީ އެހާވެސް ވާދަވެރިކަމާއެކުއެވެ.

އެހެންނަމަވެސް ވޯޓުލުން ނިމި ވަގުތީ ނަތީޖާ މިހާރު އިއުލާނު ކޮށްފައިވާއިރު ރައްޔިތުން ގޮތް ނިންމައިފިއެވެ. ރައްޔިތުންގެ އަޑު އިއްވައިފިއެވެ. ރައްޔިތުންގެ ނިންމުމަކަށްވީ ބަދަލަކަށްވުރެ ބޮޑަށް ދާއިރާއަށް ބޭނުންވަނީ ދެންވެސް ސަލީމު ކަމުގައެވެ. އެއީ ސަލީމު ބޭނުން ކުރެއްވި ޝިއާރެވެ. އާއްޓޭގެ މުޅި ކެމްޕޭން ބިނާ ކުރެއްވީ މިދާއިރާގެ ތަރައްގީއަށާއި ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމުގެ ވައުދުތައް ވަމުންނެވެ.

ވަގުތީ ނަތީޖާދައްކާ ގޮތުން ސަލީމަށް ކަށަވަރުވެފައިވާ ވޯޓުގެ ޖުމްލަ އަދަދަކީ 1510 އެކެވެ. އެއީ 51 އިންސައްތަ ވޯތެވެ. އާއްޓޭއަށް ލިބިފައިވަނީ 1339 ވޯޓެވެ. އެއީ 45 އިންސައްތަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top