މާޅޮހު އިންޖީނުގޭގައި ބޮޑު އިންޖީނެއް ބަހައްޓައި ކަރަންޓް ދޭން ފަށައިފި

fdg.jpg

ބ. މާޅޮހު އިންޖީނުގެ. އެރަށުގައި 160 ކީލޯވޮޓް އާއިންޖީނެއް ބަހައްތައި ކަރަންޓްދޭން ވަނީ ފަށާފައި / ފޮޓޯ: އޭދަފުށީ ވޮއިސް

ބ މާޅޮހު އިންޖީނުގޭގައި އިތުރު އިންޖީނެއް ބަހައްޓައި އެރަށަށް ކަރަންޓް ދޭން ފަށައިފިއެވެ.

މާޅޮހު އިންޖީނުގެއިން ބުނީ މިފަހަރު ބެހެއްޓީ ކުރިން ބޭނުންކުރަމުންއައި އިންޖީނުތަކަށްވުރެ ބޮޑު އިންޖީނެއްކަމަށާ، އެއީ 160 ކިލޯވޮޓް އިންޖީނެއްކަމަށެވެ. އެރަށުގައި ކުރިން ބޭނުންކުރަމުން އައީ 148 ކވ އަދި 128ކވ އަދި 80 ކވ އިންޖީނެކެވެ.

ފެނަކަ ބ. ރީޖަނަލް އޮފީހުން ބުނީ މާޅޮހަށް އިތުރު ބޮޑު އިންޖީނެއް ގެންދިޔައީ މިދިޔަ ހަފްތާގެތެރޭގައި ކަމަށާ، އެއިންޖީނު ބެހެއްޓައި މިހާރު ކަރަންޓް ދޭން ފެށިތާ ދެދުވަހެއް ވެއްޖެކަމަށެވެ. އެއޮފީހުން ބުނީ މާޅޮހަށް އިތުރު އިންޖީނެއް ގެނައީ އެރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު މަތިވަމުންދާތީ، އެކަމަށް ހައްލެއް ގެނައުމަށްކަމަށެވެ. އަދި ލަސްނުވެ ޕެނަލް ބޯޑް އަޕްގްރޭޑް ކުރުމަށް މަސައްކަތްވެސް އެރަށުގައި ކުރާނެކަމަށް ފެނަކަ ބ. ރީޖަނަލް އޮފީހުން ބުންޏެވެ.

މާޅޮހު އިންޖީނުގެއިން ބުނީ އެރަށުގެ ކަރަންޓް މެކްސިމަމް ޑިމާންޑް މިވަގުތު ހުރީ 130 ކިލޯގައި ކަމަށާ، އިތުރު އިންޖީނެއް ބެހެއްޓުމާއެކު، މިވަގުތު ކަރަންޓަށް ދިމާވެފައިވާ ޝޯޓޭޖްގެ މައްސަލަ ހައްލުވެފައިވާ ކަމަށެވެ.

ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު މާޅޮހުގައި އެރަށު ރައްޔިތުން އަމިއްލަ އިންޖީނުގެއަކުން ދޭންފެށި ކަރަންޓްގެ ހިދްމަތް 2009 ވަނައަހަރުން ފެށިގެން ނޮދަން ޔުޓިލިޓީޒް އިން ދިނުމަށްފަހު މިހާރު އެހިދްމަތް ދެނީ ފެނަކައިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top