އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހު 17 ގައި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެ އެވެ.
އެލްޖީއޭއިން ވިދާޅުވީ އިންތިޚާބީ ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ، މިހާރު ތިބި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހު ކަމަށެވެ. ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރަނީ، ކައުންސިލްގެ ދައުރަކީ ފަސް އަހަރު ކަމަށެވެ.
“17 މޭއި 2021 ގައި ހުވާ ކުރެއްވި ކައުންސިލަރުންގެ ދައުރު ނިމޭނީ މޭއި މަހުގެ 17 ވަނަ ދުވަހު. އެހެންވީމަ އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރައްވާނީ އެ ތާރީޚުގަ” އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ކައުންސިލްގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.






