އިންޑިޔާ ނޫން ގައުމުތަކުން, ފިޔާ އަލުވި ބިސް ގެނައުމުގެ ގާބިލްކަން ދިވެހި ވިޔަފާރިވެރިންގެ އެބަހުރި: އާއްޓޭ

DSCN7194.jpg

އިންޑިޔާއިން ނޫނަސް އަވައްޓެރި އެހެން ގައުމުތަކުންވެސް ފިޔާ، އަލުވި، ބިސް ގެނައުމުގެ ގާބިލްކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި އެބަހުރި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެ އެެވެ.

އާއްޓޭ މިއަދު ކުރެއްވި ޓްވީޓެއްގައި މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ފަށާފައިވާ “އިންޑިޔާ އައުޓް” ކެމްޕޭނާއި ގުޅިގެން ރާއްޖެއަށް ފިޔާ އަލުވި ބިސް އަދި އެގައުމުން އެތެރެކުރާ ބައެެއް ތަކެތި ލިބުން ދަތިވެދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެެއްވަމުންނެެވެ.

އާއްޓޭ ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރަނީ ވަކި ގައުމަކަށް އެކަނި ބަރޯސާވެގެން ނޫން ކަމަށާއި އެސްޓީއޯއިން އަޅާނުލިއަސް ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތި އިންޑިޔާ ނޫން ގައުމުތަކުން އެތެރެކުރުމުގެ ގާބިލްކަން ދިވެހި ވިޔަފާރިވެރިންގެ ކިބައިގައި ހުންނާނެ ކަމަށާއި، ކޮވިޑުގެ ދަތި އުދަގޫ ހާލަތުގައި އެކަން ވިޔަފާރިވެރިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

އާއްޓޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިޔާއިން ހިލަ އާއި ހިލަވެލި ނުދިނުމުން ގޮތް ހުސްވެދާނެ ކަމަށް ހީކުރިއެވެ. އެހެން ނަމަވެސް ޔޫއޭއީގެ ދޮރު ހުޅުވުމުން ވަރަށް ހެޔޮ އަގުގައި ހިލައާއި ހިލަވެލި ރާއްޖެއަށް ގެންނަން ފެށި ކަމަށް ވިދާޅުވިއެވެ.

“ފިޔާ، އަލުވި، ބިސް ނުދީ ހިފެހެއްޓީމާ ދޮރެއް ނުހުޅެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ، އިންޑިޔާގެ މިލިޓަރީ ރާއްޖޭގައި ތިބުން އެއީ ބައެއްގެ ވިސްނުން.” އެމްޑީޕީގެ އިސް ސަފުގައިވެސް ހިމެނި ވަޑައި ގަންނަވާ އާއްޓޭ ވިދާޅުވިއެެވެ.

އިންޑިޔާ އަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެެއް ގައުމެވެ. އެގައުމުން ރާއްޖެއަށް އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ފިޔާ، އަލުވި، ބިހުގެ އިތުރުން ހިލައާއި ހިލަވެލި ފަދަ ބާވަތްތައް ހިމެނެއެެވެ.

ދިވެހިން ގިނަ އަދަދަކަށް ބޭސް ފަރުވާކުރަންދާ އެއް ގައުމަކީ އިންޑިޔާ ކަމަށް ވަތީ މިކަމުގެ ސަބަބަުން އެގައުމުގެ ހަސްފަތާލު ތަކަށާއި އިގުތިސާދަށް ލިބޭ އާމްދަނީ އިތުރުވެ ދިވެހީންގެ ސިއްހީ އިންޝުއަރަންސް ސްކީމް، އާސަންދަ އިން އެންމެ ގިނަ ފައިސާ ވަންނަ އެއް ގައުމަކީ ވެސް އިންޑިއާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top