ފެހެންދޫން ގޯތި ދޫކުރަނީ

DSCN2202.jpg

ފެހެންދޫ ކައުންސިލްގެ އިދާރާ - އީވީ ފައިލް ފޮޓޯ

ބ.ފެހެންދޫ ކައުންސިލްގެ ފަރާތުން އެރަށުން ގޯތި ދިނުމަށް ނިންމުމާއި ގުޅިގެން ގޯއްޗަށް އެދުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުުޅުވާލައިފިއެވެ.

289 މީހުންގެ އާބާދީ އެއް އޮތް ފެހެންދޫން މި ފަހަރު ދޭން ނިންމާފައިވަނީ 2000 އަކަފޫޓުގެ 14 ގޯއްޗެވެ.  .

ގޯއްޗަށް އެދުމަށް ހުޅަހަޅަން ޖެހޭ ފޯޯމް ލިބެން ހުންނާނީ ރަށު ކައުންސިލްގެ އިދާރާ އިންނެވެ. ފޯމް ބައލައިގަތުމުގެ ސުންގަނޑިއަކީ އަންނަ ނޮވެބަރު މަހުގެ 19 ވަނަ ދުވަހެވެ.

ގޯއްޗަށް އެދޭ މީހާގެ ބައެއް ޝަރުތު ތަކުގެ ތެރގައި އުމުރުން 18 އަހަރު ފުރިފައި ވުމާއި މީހަކާ އިނދެގެން ދަރިން ތިބި މީހަކަށް ވުމުގެ އިތުރުން އެއްވެސް ތަނެއްގައި އަމިއްލަ ގޯއްޗެއް ނުވަތަ އެހެން ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބޭ މީހަކަށް ނުވުން ހިމެނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކަނޑައެޅައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދީގެން ކަމަށް ފެހެންދޫ ކައުންސިލުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top