އާއްޓޭ ޕީޕީއެމް އަށް

366748189-158457083943814-4726526112776182858-n-1536x1025-1.jpg

އާއްޓޭ ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު ފޯމް މުއިއްޒާ ހަވާލު ކުރައްވަނީ. --ފޮޓޯ: ވަގުތު

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު އާރިފް( އާއްޓޭ) ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.

އާއްޓޭއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަޝްހޫރު އަދި ކާމިޔާބު ވިޔަފާރިވެރިއެކެވެ. އޭނާ އަކީ ލޮޓަސް ފިހާރައިގެ ވެރިޔާއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން އެޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އާއްޓޭ އެޕާޓީން ވަކިވެ ޕީޕީއެމް އަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދ. ކުޑަހުވަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ. ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު އާއްޓޭ ވަނީ ޑރ. މުއިއްޒާ ފޯމު ހަވާލުކުރައްވާފައެެވެ.

އާއްޓޭ ވިދާޅުވީ އޭނާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް އިންސާފުވެރިކޮށް ނުދިއުން ކަމަށެވެ.

“މިކަމަށް އަޅުގަނޑުވެސް މަސައްކަތް ކުރަން ބޭނުންވޭ. އަޅުގަނޑުވެސް ބޭނުންވޭ މިހާރު މިއޮތް ބޭއިންސާފު ސަރުކާރު ނިމުމަކަށް ގެންނަން،” އީވީއާ ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ހިތްވަރާއި ޖޯޝާއެކީ އިތުރަށް އެތައް މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ބޭއިންސާފެއް ނެތް ކިތަންމެ ކަމެއް ހިނގަމުން ދާ ތަން ރައްޔިތުންނަށް ފެންނަމުންދާ ކަމަށް އާއްޓޭ ވިދާޅުވިއެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ޔާމީން ޖަލަށްލާފައި ވަނީ ދޮގު ތުހުމަތެއްގެ މައްޗަށް ކުރި ހުކުމަކުންނެވެ.

“އެ މަނިކުފާނު މި ރޭހަށް ނިކުމެއްޖެނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން މި އިންތިޚާބު ކާމިޔާބު ވާނެކަން އެނގޭތީ އެއްގޮތަކަށް ވެސް އެމަނިކުފާނު މި ރޭހަށް ނިކުތުމަށް މަގު ނުދެއްކީ،” އާއްޓޭ ވިދާޅުވިއެވެ.

މި ޖަލްސާގައި އާއްޓޭ ވަނީ ރައީސް ނަޝީދަށް ފާޑުވެސް ވިދާޅުވެފަ އެވެ. އާއްޓޭ ވިދާޅުވީ އެމްޑީޕީ ރޫޅާލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ދިމާކުރައްވަނީ މުއިއްޒުއާ ކަމަށެވެ. އެހެންވެ އާއްޓެ އެދިވަޑައިގެންނެވީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ހޮވުމުގެ މަސައްކަތަށް އަމާޒު ހިފުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top